ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ސޯލިހު: ސައީދު

ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ދިވެހި ރައްޔިތުން ތަޖުރިބާ ކުރަން ޖެހިފައި ވަނީ އަނިޔާގެ ދަތުރެއްކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީން ގައުމު ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއިރު އަޑުގަދަކޮށް މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކީ އިންސާފުގެ މަގަށް ކުރާ ދަތުރެއްގެ ވާހަކަ ކަމަށެވެ. ނަމަވެސް އެމްޑީޕީން 2018 ގައި ވެރިކަމަށް އައިސް ރައްޔިތުން ތަޖުރިބާ ކުރަން ޖެހިފައިވަނީ އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ސައީދު ވިދާޅުވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަނިޔާވެރިކަން ދެއްކޭނެ އެންމެ ފުޅާ މިނެއްގައި ދައްކަމުން ގެންދާކަމަށް އޭނާ ވިދާޅުވި އެވެ. 

ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިއަކީ ރައީސް ސޯލިހު. ހަމަ ގައިމުވެސް މިކަމުގެ އެންމެ ސާފު ހެއްކަކަށް ވާނީ އިންޑިޔާ ކަނޑުގަ ވަރަށް ރީތި ގައުމެއްގައި މުސްލިމުންގެ ގޮތުގައި މި ގައުމު އޮއްވާ މި ވެރިކަން އައި ހިސާބުން ލާދީނީ ބޮކިތައް ޖަހަން ފަށައިފި… އެމްޑީއެންގެ ރިޕޯޓުގައި ސީދާ ރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަކޮށް މުސްލިމުންގެ އަގީދާއަށް ޗެލެންޖް ކޮށް މުސްލިމުންގެ އުޅުން ހުތުރު ކަމަށްބުނެ އެތައްބަސްތަކެއް ދީނާ ބެހޭގޮތުން ފެންމަތި ކުރީމާ މިގައުމުގެ ރައީސްއަކަށް ހުރި ބޭފުޅާއަށް ކެރިވަޑައެއް ނުގަތް އެބޭފުޅުންނަށް ފިޔަވަޅު އަޅާކަށް. މިއަށްވުރެ ބޮޑު އަނިޔާއެއް އިންސާނިއްޔަތަކަށް ދެވޭނެ ވެރިއަކު ނިކަން ދައްކަބަލަ.” ސައީދު

ސައީދު ވިދާޅުވީ ދިވެހި ގައުމު އަޅުވެތިކޮށް، ގައުމުގެ ހުރިހާ ކަމަކާއި، ރީތި ފަޅުތަކާއި، ރައްޔިތުންގެ މުހިއްމު ބިންތައް ހުރިހާ ސަރަހައްދަކުން ވެސް ޖަހައިގަނެ، އިގްތިސޯދީ ގޮތުންނާއި ވައިގެ މަގުން ގައުމުގެ މިނިވަންކަން އެހެން ބަޔަކަށް ވިއްކާފައިވާ ކަމަށެވެ. ފަސް އަހަރުގެ ކުޑަ ދައުރެއްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެނެސްދެއްވި ތަރައްގީ އިތުރު ވެރިއަކަށް ވެރިކަމުގެ ކިތަންމެ ގިނަ ދައުރެއް ދިނަސް ނުގެނެވޭނެކަން ފާހަގަކޮށް ސައީދު ވިދާޅުވީ، މިއަދު ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ އެމަނިކުފާނު މިނިވަން ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

“އިންޑިއާ ބޭނުން ވީމަ، ރައީސް ސޯލިހު ބޭނުން ވީމަ، ކޯލިޝަންގެ ލީޑަރުން ބޭނުން ވީމަ ރައީސް ޔާމީން ޖަލަކު ނުބެހެއްޓޭނެ. ތުހުމަތު ކުރުން ފިޔަވާ ސާބިތު އެންމެ ހެއްކެއް ދައްކަބައްލަވާ ރައީސް ޔާމީން ޖަލުގައި ބެހެއްޓޭނެ.ސައީދު 

ރައީސް ޔާމީނަށް ކުރަމުންދާ ތުހުމަތުތަކަށް އިޝާރާތްކޮށް ސައީދު ވިދާޅުވީ، ސަރުކާރުން ރަައީސް ޔާމީން ބަލިކަށި ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެމަނުކުފާނަށް ނުކުރާކަށް ތުހުމަތެއް ނެތް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް، އެކައުންޓުތައް ފްރީޒް ކުރީ ޕާޓީގެ މަސައްކަތްތައް ހުއްޓުވުމަށްކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ތެރެއިން 65 ގޮނޑި އެމްޑީޕީއަށް ވެދުންކޮށްގެން މިއަދު ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އެމްޑީޕީން ހުރިހާ ކޮންޓްރޯލެއް މުށުތެރެއަށް ލައި ގައުމުގެ ހުރިހާ ތަނެއް ވަގަށް ނަގާފައިވާކަމަށް ސައީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ރައީސް ޔާމީން ޖަލަށްލާ މިޕާޓީގެ ހުރިހާ ފައިސާއެއްގައި ތަޅުއެޅުވީ. . ނަތީޖާއަކީ އެމްޑީޕީއަށް 65 ގޮނޑި ވެދުމަށް ލާފައި ބޭރުގެ ގައުމަކާ މިސަރުކާރު ގެނައި މީހުންވެގެން ދިނީ ނޫންތޯ؟ އޭގެ ނަތީޖާ ނޫންތޯ މިއަދު ގައުމުން ބެލެންސް ގެއްލިގެން މިއުޅެނީ. ގާނޫނުހަދާ މަޖިލީހާއި ޖޭއެސްސީއާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތަފްސީލަކަށް ދާކަށްނެތިން. ދިވެހިރާއްޖޭގައި ހުރި ފައިސާއާއި ވަގަށް އެނަގާ ފައިސާއާއި ދިވެހިރާއްޖެ ތަރައްގީ އަޑިއަށްތޯދަނީ މައްޗަށްތޯ ދަނީ މިވާހަކަތަވެސް ދައްކާކަށް ނެތިން. ވަގަށްނެގީ ހަމައެކަނި ވެރިކަމެއްނޫން. ދިވެހިރާއްޖޭގެ ބެލެންސްވެސް ވަގަށް ނެގީ.” ސައީދު 

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ވޯޓު ފޮށްޓަށް ވައްޓާލި ކަރުދާސްކޮޅަކީ އަޅުވެތި ކަމުގެ ވޯޓެއްކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ އުތުރުތިލަފަޅު އެއްބަސްވުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ޚިލާފު ކަމަށްވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި އިންޑިޔާގެ މިލިޓަރީ ބޭސްއެއް ހަދަން އެތަން ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަކީ ދިވެހިރާއްޖެ ވަށައިގެން ބަޑި ހިފައިގެން ހަމައެކަނި ތިބެންޖެހޭ ބައެއް ނޫން ކަމަށާއި އެމްއެންޑީއެފަކީ ރާއްޖޭގެ ކުރިމަގަށް އަންނަ މިކަހަލަ ފިކުރީ ޗެލެނެޖްތަކުގައި ވެސް ސާބިތު ކަމާއެކު ތެދުވެ ވަތަން ދިފާއު ކުރަންޖެހޭ ބައެއްގެ ގޮތުގައި ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: