ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެލެގްރާމުގައި ބަރަހަނާ ފޮޓޯތަކެއް ލީކުކުރި މީހަކަށް ދައުވާކޮށްފި

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެލެގްރާމްގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކުކުރި މީހެއްގެ މައްޗަށް 11 ދައުވާ މިއަދު އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި، އެ 11 ދައުވާ ކޮށްފައި ވަނީ މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު (36އ.) ގެ މައްޗަށެވެ.

މަސާއިދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ، އެކި މީހުންގެ މީސް މީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށް ފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމްއާއި އެހެނިހެން މީސް މީޑިއާ މަންސަތަކުގައި ހާމަކޮށްފައިވާ މައްސަލައިގައެވެ.

މަސާއިދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

▪︎ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ
▪︎ އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ
▪︎ އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ
▪︎ އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ
▪︎ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ
▪︎ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ދައުވާ
▪︎ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: