ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަވަކިޔުންތެރިޔާ ޝަހުބާން ކުއްލިގޮތަކަށް މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ލަވަކިޔުންތެރިޔާ އަދި ކޯޗު، ޝަހުބާން މުހައްމަދު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ މަޣްރިބް ނަމާދަށް ވުޟޫކުރަން ވަން ފަހުން އޭނާގެ ޚަބަރެއް ނުވެގެން، އެމްއެންޑީއެފްގެ އެހީގައި ބެލި އިރު އޮތީ މަރުވެފަ އެވެ. މަރުވިއިރު އޭނާގެ އުމުރަކީ 53 އަހަރެވެ.

ސްކޫލް ކުދިންގެ ލަވަ މުބާރާތުން ވިދާލި، ޝަހްބާންގެ އަޑުން ކިޔާފައިވާ ލަވަތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ލަވައަކީ، “ރީތި ނަލަ ނަލަ ހަނދޭ ކުރި އަލީގައި” މި ލަވައެވެ.

ލަވަކިޔުމާ، ފަހުން ދުރުގައި ހުރިނަމަވެސް އޭނާ މަސައްކަތް ކުރަމުން ގޮސްފައިވަނީ ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މިއުޒިކް ގްރޫޕްގެ ޓެކްނިކަލް މީހެއްގެ ގޮތުގައްޔާއި ކޯޗެއްގެ ގޮތުގައެވެ.

ޝަހްބާންގެ ޖަނާޒާ އޮންނާނީ 27 ސެޕްޓެމްބަރ 2021 ދުވަހުގެ މެންދުރު ނަމާދަށްފަހު މާލޭ އާ ޝަހަރާ މިސްކިތު ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: