ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީން ދޫކޮށްލި ގޮތް ގޯސް، ސުޕްރީމް ކޯޓުން ހުކުމް ކުރީ އަލުން ޝަރީއަތް ގެންދަން!

ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ، އަމީން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު މުހައްމަދު އަމީންގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ ބެލޭނެ ކަމަށް ނިންމައި، އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ރާއްޖޭގެ އައިއެސްގެ ލީޑަރުކަމަށް ބުނާ އަމީނަށް ދައުވާ ކުރުމުގައި އިޖުރާއީ ގޯސްތަކެއް އެކުލެވޭތީ އޭނާ ހައިކޯޓުން ވަނީ މިނިވަންކޮށްފަ އެވެ. އަމީންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވުމެވެ. ހައިކޯޓުން އަމީންގެ މައްސަލަ ބޭރުކޮށްލީ ޓެރަރިޒަމްގެ ގާނޫނުގެ ބަދަލުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަމީންގެ ބަންދުގެ މުއްދަތު ޖެހުމަށް ފަހު ދައުވާ ކުރުމުގެ މުއްދަތު ޓެރަރިޒަމްގެ ގާނޫނުން ގުނާފައި ވާތީ އެވެ. ބަންދު ޖެހުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރާނަމަ, ދައުވާ ކުރުމުގައި ވެސް ގުނަން ޖެހޭނީ އެ ގާނޫނުގައިވާ މުއްދަތުތައް ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވެއެވެ.

ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މިއަދު ހުކުމް ކުރީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރިޔަސް، އެ މީހެއްގެ މައްޗަށް ދައުވާ ކުރުމުގައި ހިނގާނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތު ކަމަށެވެ. ހުކުމުގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދު ކުރެވޭނެކަމަށް ގާނޫނުގައި އޮތީ ހަމައެކަނި ބަންދާއި ގުޅޭ ކަންކަމުގައި ކަމަށެވެ. ދައުވާ ކުރުމުގެ މުއްދަތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ނުހިނގާނެކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ކުރި ހުކުމަކާއި ހަވާލާދީ މައްސަލައިގައި ބުނެފައިވަނީ، ގާނޫނެއްގެ މާއްދާތައް މާނަ ކުރަންޖެހޭނީ އެ ގާނޫނުގެ ހުރިހާ މާއްދާއަކާއި ގާނޫނުގެ މަގްސަދަށް ބަަލައިގެން ކަމަށެވެ. އަމީންގެ މައްސަލައިގައި ކަން ހިނގާފައިވަނީ އެހެން ނޫންކަމަށާއި ގާނޫނު މާނަ ކުރުން އެ އުސޫލާއި ހިލާފުކަމަށް ހުކުމުގައި ވެއެވެ.

މި ނުކުތާތަކަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ހައިކޯޓުގެ ހުކުމް ބާތިލު ކުރުމަށެވެ. އަދި އަމީނަށް ކުރި ދައުވާތައް ކުރިޔަށް ގެންދެވޭނެކަމަށް ނިންމައި އެ މައްސަލަ ގޮސްފައި އޮތް ހިސާބުން ކުރިޔަށް ގެންދިއުމަށް އަމުރު ކުރާކަމަށް އެ ހުކުމުގައި ބުންޏެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: