ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޫބަރު ކަނޑައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަސް ފާހަގަކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ ދިވެހި ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ ރޭ ބޭއްވި ކައުންޓްޑައުން އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި އިވެންޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރާނެ ދުވަހެއް މިހާތަނަށް އަދި އަދި ރަސްމީކޮށް ނެތް ކަމަށާއި އެގޮތުން ރާއްޖޭގައި މިހާތަނަށް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމަށެވެ. އެއީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހެވެ.

އެގޮތުން ރާއްޖޭގައި ފުރަތަމަ ހުޅުވި ރިސޯޓު، ކުރުނބާ ވިލެޖް ރިސޯޓު ހުޅުވުނު ދުވަސް ކަމަށްވާ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަސް އެއީ ކޮންމެ އަހަރެއްގެ ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

“އަޅުގަނޑުމެން މި ނިންމަނީ ކުރުނބާ ވިލެޖްގެ ނަމުގައި މި ރިސޯޓު ހުޅުވުނު ދުވަސް، 3 އޮކްޓޫބަރު ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް” ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: