ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީގެ ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ނުގެންދަން އަންގައި ސުޕްރީމް ކޯޓުގެ އަމުރެއް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކި ކުރި އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ނުގެންދަން އަންގައި ދަށު ކޯޓުގެ މައްޗަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ފުރާފައިވަނީ ސިއްހީ ހާލަތު ގޯސްވެ ބޭސްފަރުވާއަށްކަމަށް ބުނެ އެވެ. މިދިޔަ ފެބްރުއަރީ މަހު އޭނާއަށް އެ ހުއްދަ ދޫކޮށްފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވެ ހަތަރު މަސް ދުވަހަށެވެ. މުއްދަތު ހަމަވީއިރު ވެސް އަލީ ވަހީދު ރާއްޖެ ގެނެވިފައިނުވާއިރު، ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޝަރީއަތައް ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ބޭރުކޮށްލީ، އެއްވެސް މީހެއްގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އެއަށް ފަހު ދެން ދައުލަތުން އެ މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ދިއުމުން، އެ ކޯޓުން މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވި އެވެ. އަލީ ވަހީދު ޝަރީއަތަށް ހާޒިރުވެފައި ނުވާތީ، ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފަ އެވެ.

ސީރިއަސް ތުހުމަތުތަކެއް ކުރެވޭ އަލީ ވަހީދު ދަނީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށް ޓްވީޓުތައް ވެސް ކުރަމުންނެވެ. މި މައްސަލަ ހޫނުވެފައިވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވަނީ އަލީ ވަހީދުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް އޭނާ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް އޯޑިއޯ, ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދަން އަންގާ ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަކީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާތީ އެކަން ހުއްޓުވައިދޭން އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން ނެރުނު އަމުރެކެވެ. ސުޕްރީމް ކޯޓުން މައްސަލައިގައި ސީދާ ގޮތެއް ނިންމަންދެން، މި އަމުރު ދެމި އޮންނާނެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: