ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަނެއް ނުވި!

އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި އިހުތިޖާޖުގެ ތެރެއިން ރައީސް ޔާމީން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

2018 ވަނަ އަހަރު ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލު ކުރުމަށާއި، ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އަދި ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކޮށްދޭން އެދި އެމަނިކުފާނުގެ ވަކީލުން ހުށަހެޅި މައްސަލަ މިވަގުތު ކުރިޔަށް ދަނީ ސުޕްރީމް ކޯޓުގަ އެވެ. މައްސަލައިގެ ހުކުމަކާއި ހަމައަށް އާދެވިފައިވާއިރު، މިއަދު ކުރިޔަށް ގެންދިޔައީ ކަފާލާތާއި، އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ ބައެވެ.

ކަފާލާތާއި ގުޅޭގޮތުން ދެ ފަރާތުގެ ވެސް ހޫނު ބަހުސްތަކެއް އިއްޔެ ކުރިޔަށް ދިޔަ އެވެ. ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން މައްސަލައިގައި ގޮތެއް ނިންމައި، ނެރުނު ހުކުމުގައި ވާގޮތުން ކަފާލާތަކީ އެ މީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ބަންދުން ދޫކޮށްލުމަށް ކޯޓުތަކަށް ދީފައިވާ އިހްތިޔާރެކެވެ. މާނައަކީ ކުށެއް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ކަފާލާތުގެ ހައްގު ލިބިގެން ނުވާ ކަމަވެ. އެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާނެކަން ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.

ފަނޑިޔާރު މަހާޒް އަލީ ރިޔާސަތުގައި އިންނަވައި، އިއްވި ހުކުމުގައި އިތުރަށް ބުނެފައިވަނީ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުން އެއީ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނުވާ އުސޫލެއް ކަމަށެވެ. އަދި ކުށްވެރިއަކަށް ކަފާލާތު ދީފިނަމަ ހަމަހަމަކަމާއި އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭނެކަމަށް ބުންޏެވެ. މިއީ އެކި މައްސަލަތަކުގައި ތަފާތު އުސޫލުތަކުން އަމަލު ކުރެވި، ހަމަހަމަކަން ގެއްލިގެންދާނެ ސަބަބެއްގެ ގޮތުގައި ވެސް ހުކުމުގައި ބުނެފައި ވެއެވެ.

ރައީސް ޔާމީނަށް ކަފާލާތް ދެވެން ނެތްކަމަށް ކަނޑައެޅީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އިސްތިއުނާފީ 22 ނުކުތާއެއް ހުށަހަޅައި، ރައީސް ޔާމީން ދައުލަތަށް ދައްކަން ޖެހޭ 05 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުން ފަސްކޮށްދޭން އެދި ވެސް ހުށަހެޅި އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމީ، އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމުގައި އޮތް ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

ޖޫރިމަނާގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވަނީ، އެ ފައިސާ ނުދައްކައިގެން ބަންޑާރަ ނައިބުގެ އޮފީހުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ބަލައިގަނެ އަޑުއެހުމެއް ވެސް ތާވަލުކޮށްފައި ވަނިކޮށެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ފައިސާ ދައުލަތަށް ނެގުމަށް ކުރާ މަސައްކަތްތައް މަޑުޖައްސާލުމަށް ވެސް އަމުރުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: