ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ

މާފުށީ ޖަލު ޖާގަ ފުރުން، ދެން ގައިދީން ލާންވީ ކޮންތަނަކަށް؟
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އަންގާރަ ދުވަހުގެ ރޭ 19:00 ގައި ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ މ. މަލަސް/ ކ. މާލެ އިސްމާޢީލް ޝަބީން (46 އަހަރު)، ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް ރޭ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

އޭނާ މަރުވެފައި ވަނީ 19:30 ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާއިރު އޭނާ އަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ ފަރާތެއް ކަމަށް ކަރެކްޝަންސް އިން ހާމަކުރެއެވެ.

އިސްމާޢީލް ޝަބީންއަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.

އިސްމާޢީލް ޝަބީން ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: