ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުމޫދުގެ ޖަނާޒާ ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައި އޮއްވާ އިއްޔެ ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވައިފި އެވެ.

މަހްމޫދުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސުރު ނަމާދަށް ފަހު އެވެ. މަހުމޫދުގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

މަހުމޫދުގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސް ވަނީ ޓެސްޓުތަކެއް ހަދާފައެވެ.

މަހުމޫދު ގެއްލިގެން ހޯދަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގެއިން ނުކުތް ގޮތަށް އޭނާގެ ހަބަރެއް ނުވާތީއެވެ. މަހުމޫދު ހޯދުމަށް ގެތައް ފާސްކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ފަޅު ގޯއްޗެއްގައި ހުރި ފެންވަޅެއްގެ ތެރެއިން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ މަހްމޫދުގެ މަރާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: