ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާންގެ ފިޔަކޮށާލަން ކުރާ މަސައްކަތަށް ހުޝިޔާރުވާތި: އިޔާޒް

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި ޑރ އިޔާޒް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޔަކޮށަން ކުރާ މަސައްކަތަށް ހުޝިޔާރުވެ ހުންނެވުމަށް ޑރ.މުހައްމަދު އިޔާޒު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ގޮވާލައްވައިފިއެވެ.

އިޔާޒް މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ މުއައްސަސާ ބޭރުކޮށް ރައީސް އޮފީހުން ފޮނުވި ކުއްލި އަކަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ޑރ. އިޔާޒު ވިދާޅުވީ ރާއްޖޭގެ ހޯމް މިނިސްޓަރު ކަމުގެ މަޤާމުގައި އިމްރާން ހުންނެވުމަކީ ވަރަށް ގިނަ ލާދީނީ މީހުންގެ މޭކަރާނެ ކަމެއްކަމަށެވެ. އަދި ބާރުތައް ނަގައި މީހާ ނިކަމެތި ކުރުމަށް ކުރާ މަސައްކަތަށް ވަރަށް ކައިރިން ފާރަވެރިވާންޖެހޭ ކަމަށް އިޔާޒު ވިދާޅުވިއެވެ.

“ވީމާ މަނިކުފާނުގެ ފިޔަކޮށަން ކުރާ މަސައްކަތްތަކަށް ހުޝިޔާރުވެ ހުންނަވާ. އަދި އިސްލާހީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާ” އިޔާޒު ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާގެ ބާރުތައް ހޯމް މިނިސްޓްރީގެ ދަށުން ނެގި ނަމަވެސް ސަރުކާރުން މިހާރު ބުނަމުންދަނީ ބާރުތައް ނުނަގާކަމަށެވެ. އަދި މިހާރުވެސް ފުލުހުންގެ މުވައްސަސާ އޮތީ ހޯމް މިނިސްޓްރީގެ ދަށުގައި ކަމަށެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން ވަކިކޮށް، ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ “ދިވެހި ފުލުހުންގެ ހިދުމަތް” އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅައިފައެއް ނުވެ އެވެ. އެހެންވެ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ސިޓީގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: