ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މެންބަރުންނާއެކު ބަޖެޓަށް މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީގެ މަޖިލިސް މެންބަރުންނާ މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނާއެކު ރައިސް ސޯލިހް ބަޖެޓާ ގުޅޭގޮޮތުން ކުރިއަށް ގެންދެވި ބައްދަލުވުމުގައި، ސަރުކާރުގެ މައިގަނޑު ތަރައްޤީގެ މަޝްރޫއުތަކާއި، ބަޖެޓް ހަރަދާއި އާމްދަނީއާ ގުޅޭގޮތުން އަދި ރިޔާސީ ވައުދުތައް ފުއްދުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

މި ބައްދަލުވުން ރޭގެ ވަގުތެއްގައި ކުރިއަށް ދިޔައީ ރައީސް ދިރިއުޅުއްވާ މުލިއާގޭގަ އެވެ. އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމާފައި ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓް އަދި މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.

އަންނަ އަހަރު ދަރަނި 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރިއަށް އޮތް ދެއަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރާނެކަމަށް މައުލޫމާތުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: