ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްމަޓީ ދޫކޮށްލީ އޭނާގެ ކޮއްކޮ އާއި ދައްތަ ޖާމިނު ކުރުމަށް ފަހު!

އަހްމަދު މޫސާ (އަންމަޓީ) — ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދި، ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ގެ ކޮއްކޮ އަތީފާ މޫސާއާއި ކޮއްކޮ މަރިޔަމް ނައީމާ ޖާމިނުކޮށް ޝަރުތުތަކަކާއެކުއޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މިއަދުގެ އަޑުއެހުމަށް، އަތީފާ އާއި ނައީމާ ހާޒިރުވި އެވެ. ދެ ފަރާތުން ވެސް އައްމަޓީ ފިލައިގެން ނުދާނެކަމުގެ ޔަގީންކަންދިނުމުން މައްސަލަ ބައްލަވާ ގާޒީ ވަނީއައްމަޓީ ކޯޓަށް ފިލައިފިނަމަ ޖާމިނުވާ ފަރާތަކަށް ވެސް އަދަބު އަންނާނެކަން ފާހަގަ ކުރައްވާފަ އެވެ. އެއީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ދެ އަހަރުގެގޭބަންދު ހުކުމެއް ނުވަތަ 15،000 ރުފިޔާ ޖޫރިމަނާ އެކެވެ.

އަތީފާ އާއި ނައީމާ ބުނީ އައްމަޓީ ފިލައިފިނަމަ އަންނާނެ އަދަބުތައް ގަބޫލުކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ޒިންމާވާނެ ކަމަށެވެ.

އައްމަޓީ ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާއި އެކު އެވެ. އެއީ ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ އެއްވެސް ފަރާތަކާއި މުއާމަލާތް ނުކުރުމާއި، ކޮންމެދުވަހަކު ފުލުސް އޮފީހަށް ހާޒިރުވެ ސޮއިކުރުމެވެ. މި މުއްދަތުގައި މާލެއިން ބޭރަށް ފުރުން އޭނާއަށް މަނާ ވާނެ އެވެ.

މިދިޔަ މަހުގެ 16 ގައި ބޭއްވި އަޑުއެހުމުގައި އައްމަޓީ އެންމެ ފުރަތަމަ ހުށަހެޅީ، އޭނާގެ ދެ ދަރިން ޖާމިނުކޮށް ބަންދުން ދޫކޮށް ދިނުމަށެވެ.

އެޗްޑީސީ އާއި ސީލައިފާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި މަޝްރޫއުގެ މައްސަލައިގައި އައްމަޓީގެ މަައްޗަށް 42 ދައުވާ ވަނީ އުފުލާފަ އެވެ. އެއްބަސްވުމުގައި ވާ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް މަސައްކަތް ކުންފުނިން މަސައްކަތް ފަށާފައި ނުވެ އެވެ. އަދި ފެލްޓު ގަންނަން ހުށަހެޅި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ވަނީ ފައިސާ ނަގާފައިވާ އައްމަޓީގެ މައްޗަށް ކުރެވެނީ، މަކަރާއި ހީލަތުން އެ ފައިސާ ނަގައި ހިޔާނާތް ވީކަމުގެ ތުހުމަތެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2021 މެއި 30 ގައެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފްލެޓު އެޅުމަށް ސީލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއުއެއް ހިންގުމުގެ ގާބިލުކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) އެކުލަވާލައިވާ ރިޕޯޓުން އެނގެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: