ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންމަޓީގެ މައްޗަށް ކުރާ ދައުވާތަކަށް އޭނާ އިންކާރުކުރޭ: ވަކީލު

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށްފައިސާ ނެގި، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ 42 ދައުވާއަށް އޭނާ އިންކާރުކޮށްފައިވާއިރު އޮޅުވާލައިގެން އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައި ނުވާ ކަމަށް އޭނާގެ ވަކީލް ވިދާޅުވެއްޖެއެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާ އުފުލާފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީ-ލައިފް ގްލޯބަލް އިންކް  ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މީގެ ކުރިން ބޭއްވި ދެ އަޑުއެހުން ހިމަނައިގެން މިއަދު ވަނީ އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ އިއްވާފައެވެ.

ދައުވާތަށް އިއްވާ ނިމުމުން އައްމަޓީގެ ވަކީލް މަރްޔަމް ނިހާޔަތު ވިދާޅުވީ, ދައުލަތުން ތުހުމަތުކުރާ އެއްވެސް ކަމެއް އޭނާގެ މުވައްކިލު އަޙްމަދު މޫސާ މުޙައްމަދު ކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކުންފުނީގެ މައްޗަށް ދައުވާ ނުކޮށް އައްމަޓީގެ މައްޗަށް އެކަނި ދައުވާކުރުމުން ނިހާޔަތު ވަނީ ދައުލަތުގެ ނިޔަތާ މެދު ސުވާލު އުފައްދަވާފައެވެ.

އެގޮތުން އެގްރީމެންޓް ހަދާފައި ވަނީ އައްމަޓީގެ ނަމުގައި ނޫން ކަމަށާއި އެގްރީމެންޓް ހަދާފައިވަނީ ސީލައިފް ކުންފުނީގެ ނަން މަތީގައި ކަމަށް ވެސް ނިހާޔަތު ވިދާޅުވިއެވެ. އަދި އެއީ ޖިނާއީ ކުށެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށާއި އެއީ މަދަނީ މައްސަލައެއް ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ. އެހެން ކަމުން އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލުމުގެ އިހްތިސާސް ނެތް ކަމަށް ވެސް ނިހާޔަތު ވިދާޅުވިއެވެ.

ދައުވާތަށް އިއްވައި އެ ދައުވާތަކަށް އައްމަޓީ އިންކާރު ކުރުމުން ދެން އޮންނާނީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ މަރުހަލާއެވެ. ދިފާއުން ވެސް ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

ހެކި ހުށަހެޅުމަށް ބާއްވާ އަޑުއެހުންތައް ފަށާނީ މާޗު މަހުގެ ފަސް ވަނަ ދުވަހު ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ޙަސަން ސަޢީދު މިއަދު ވިދާޅުވިއެވެ.

ސީލައިފް އެޕާޓުމެންޓު ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު އައްމަޓީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ. އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ 2021 ވަނަ އަހަރުގެ މާޗް މަހުއެވެ.

ސީލައިފް އެޕާޓްމަންޓް ގަތުމަށް ފައިސާދެއްކި މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔެކިޔުންތައް ހުށަހެޅި މީހުންނަށް ފައިސާ ރީފަންޑް ކޮށްދީފައިވާއިރު، އެމީހުންނަށް އެޗްޑީސީން ވަނީ ވިނަރެސް ފްލެޓުތަކުން އެޕާޓުމަންޓު ގަތުމުގެ ފުރުސަތު ދީފައެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: