ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ ދުވަސް ފާހަގަކުރާ ވަރެއް ނުވޭ: އަލީ ވަހީދު

ޖިންސީގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު - ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންގެ ދުވަސް ފާހަގަކުރާ ވަރު ނުވާކަމަށް ވިދާޅުވެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ސަރުކާރަށް ބަހުގެ ހަމަލާތަކަށް ރައްދުކޮށްފި އެވެ.

ޖިންސީ ގޯނާގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒުވާނުންގެ ދުވަސް ބޮޑު ޚަރަދުކޮށް ފާހަގަކުރާ ވަރެއް އަދި ނުވާކަމަށާއި މަސްތުވާތަކެތީގެ ވަބާގައި އެތައް ޒުވާނުންނެއް ތިބީ މަގުމަތިވެ ވާނުވާގައި ކަމަށެވެ. އަދި ހުކުމެއް ނެތި ބޭސްފަރުވާ ނުލިބި އެތައް ޒުވާނުންނެއް ނުހައްޤުން ޖަލުގައި ވާނުވާގައި އެބަތިބި ކަމަށާއި ކިޔެވި ސަނަދަކަށް ދެކޮޅުޖެހޭ މުސާރައެއް ނުލިބި ޒުވާނުން ތިބި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެެވެ.

އަލީ ވަހީދު މިފަދައިން ވިދާޅުވެފައިވާއިރު މިއަހަރުގެ ޒުވާނުންގެ ދުވަސް ވަނީ ކުލަ ގޮތަކަށް ހދ. ކުޅުދުއްފުށީގައި ފާހަގަކޮށްފައެވެ. އެގޮތުން އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން ސިޓީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުއްވައިދެއްވައި އެ ދަނޑުގައި ޤައުމީ ޓީމާ ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ވަނީ ބައްލަވައިލައްވައިފައެވެ.

މީގެ އިތުރުން ޔޫތު އެވޯޑް ޙާޞިލުކުރި ޒުވާނުންނަށް އެވޯޑް ހަވާލުކުރުމުގެ ޖަލްސާވެސް އެމަނިކުފާނު ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ. މި ޖަލްސާގައި ރައީސް ވަނީ ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. ރައީސް ވަނީ ވިދާޅުވީ ޒުވާނުންގެ ދާއިރާއަށް ބަލާއިރު، އެންމެ ދުވަސްވީ މައްސަލައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން، އެކަމުން ސަލާމަތްކޮށް، އަލުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މައްސަލަ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ، އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށާއި އެކަމަށްޓަކައި މުޖުތަމަޢުގައި ތިބެގެން، ފަރުވާ ހޯދޭނެ، ވަށާޖެހޭ ޕްރޮގްރާމްތަކެއް، ވަރަށް އަވަހަށް ފެށުމަށް ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ގިނަ ފުރުޞަތުތަކެއް ހުރިނަމަވެސް މަސައްކަތެއް ނުކޮށް އަދިވެސް ގިނަ ޒުވާނުންތަކެއް ތިބިކަން ފާހަގަކުރައްވައި ރައީސް ވަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: