ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޅުމަށް އައީ 4 ބިލު، ކޮމެޓީ މަސައްކަތްތައް ނިންމަންޖެހޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގައި ހުރި މަސައްކަތްތައް ނިންމަންޖެހޭކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވަނީ މަޖިލީހުގެ މިއަދުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މަޖިލީހުގެ ތަޅުމުގައި މިއަދުވެސް އެއްވެސް ބިލަކަށް ބަހުސްކުރުމަށް އެޖެންޑާކުރެވިފައި ނުވާތީ، އެކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި މިވަގުތު ޖުމްލަ 33 ބިލެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން 26 ބިލެއް ހުށައަޅާފައިވާކަމަށާއި މަޖިލީހުގެ މެމްބަރުން ހުށައަޅާފައިވާ 7 ބިލެއް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. މިއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށާއި މީގެ ތެރެއިން ގިނަ ބިލުތަކުގެ މަސައްކަތް މިވަގުތު ހުރީ ކޮމެޓީ މަރުހަލާގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދައުރުގައި މަޖިލީހުގެ ތަޅުމަށް އައިސްފައި އޮތީ 4 ބިލެއް ކަމަށާއި ކޮމެޓީތަކުގައި ކުރިއަށްދާ މަސައްކަތްތައް ނުނިމެނީސް އިތުރު ބިލެއް މަޖިލީހަށް ހުށަނޭޅޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިވަގުތު އިގްތިސާދީ ކޮމެޓީގައި 2 ބިލެއް އެބައޮތް ކަމަށާއި، މިނިވަން މުއައްސަސާ ކޮމެޓީގައި އެއް ބިލު، ޖުޑިޝަރީ ކޮމެޓީގައި ފަސް ބިލުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ނިސްބަތުން ގިނަ ބިލުތަކެއްގެ މަސައްކަތް ޖުޑިޝަރީ ކޮމެޓީގައި ކުރިއަށްދާއިރު މިހާރުވެސް ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުންތައް ދުވާލަކު އެއް ފަހަރު ކުރިއަށްދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިވަގުތު ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުންތައް މިހާރަށްވުރެ އިތުރު ކުރަންޖެހިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މަދަނީ އިޖްރާއަތުގެ ބިލު، އިފްލާސްކުރުމުގެ ބިލު، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ދެބިލު އަދި ހެއްކާއި ބެހޭ ބިލުގެ މަސައްކަތްތައް މިވަގުތު ޖުޑިޝަރީ ކޮމެޓީގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މަޖިލީހުގެ ތަޅުމަށް މިދައުރުގައި ގިނަ ބިލުތަކެއް ހުށައެޅިފައިނުވާއިރު، ސަރުކާރުގެ ފަރާތުން ހުށައަޅާނެކަމަށް ފާހަގަކޮށްފައިވާ 33 ބިލުގެ ތެރެއިން މިހާތަނަށް އަދި ހުށައެޅިފައި އޮތީ 4 ބިލެވެ. މަޖިލީހުގެ ތަޅުމަށް ހުށައެޅިފައިވާ ބިލުތަކުގެ މަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށްނުދާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: