ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ވިސްނުމަކީ ގައުމުތަކާއިއެކު އެކުވެރިކޮށް މަސައްކަތްކުރުން: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވިސްނުމަކީ އަދި އެމްޑީޕީގެ ވެރިކަމެއްގެ ވިސްނުމަކީވެސް ދުނިޔޭގެ ގައުމުތަކާއިއެކީ ގުޅިގެން މަސައްކަތްކުރުންކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ފޮރިން ސާވިސްގެ ބިލު، ޚާރިޖީ ކޮމެޓީއިން ދިރާސާކޮށް ނިންމިގޮތުގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު ވައްޑެ ވިދާޅުވީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން، ބޭރުގެ ގައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރަންޖެހޭ ކަމަށެވެ. ރާއްޖެއަކީ ބިމުގެގޮތުން ބަލާއިރު ކުޑަ ގައުމެއް ކަމަށާއި އެހެންނަމަވެސް، ކަނޑުގެ ސަރަހައްދަށް ބަލާއިރު އަދި އިގްތިސާދީގޮތުން ބަލާއިރު ރާއްޖެއަކީ ދުނިޔޭގައި 31ވަނައަށް އެންމެ ބޮޑު ގައުމުކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، ވާދަވެރި އިދިކޮޅު މެމްބަރުން މަސައްކަތްކުރަމުންދަނީ ރާއްޖެއަކީ ކުޑަ ގައުމެއްގެގޮތުގައި ދެކިގެންކަމަށެވެ. އަދި ރާއްޖެ އިތުރަށް ކުޑަ ގައުމެއްގެ ގޮތުގައި ދެއްކުމަށްވެސް އިދިކޮޅުން މަސައްކަތްކުރަމުންދާކަމަށް ވައްޑެ ވިދާޅުވިއެވެ. ދުނިޔެއާއި އެކަހެރިވެ، އަވަށްޓެރި އަދި ބޮޑެތި ގައުމުތަކާއި ބާރުތަކާއި ވިދިގަނެ، އެގައުމުތަކާއި ގުޅުން ކަނޑައި ރާއްޖެ ހުލިކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވައްޑެ ވިދާޅުވިއެވެ.

އެހެންނަމަވެސް، އެމްޑީޕީގެ ވިސްނުމާއި އެމްޑީޕީގެ ވެރިކަމެއްގައި އަމަލުކުރާނެ ގޮތާއި ގެންގުޅޭ ޚާރިޖީ ސިޔާސަތު ތަފާތުކަމަށް ވައްޑެ ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރެއްގެ ވިސްނުމަކީ މުހިންމު ހިސާބެއްގައި ރާއްޖެ އޮތްކަން ދެނެގެން، ގައުމުތަކާއި އެކީ ގުޅިގެން މަސައްކަތްކޮށް މިސަރަހައްދުން ދަތުރުކުރާ އެހެން ގައުމުތަކަށްވެސް އަމާންވާނެގޮތަށް، މިހިސާބަކީ އަމާން ހިސާބެއްގެ ގޮތުގައި ބޭއްވުންކަމަށް ވައްޑެ ވިދާޅުވިއެވެ.

“އެވިސްނުމުގައި ރާއްޖޭގެ ފޮރިން ސާވިސްއަކީ މިނިވަން، ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑުވެސް ދަންނަވަން” ވައްޑެ

އިދިކޮޅު ޕާޓީތަކުން ގެންގުޅެމުންދާ ޚާރިޖީ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވައި މެމްބަރު ވައްޑެ ވަނީ އިދިކޮޅުގެ “އިންޑިޔާ އައުޓް” ކެމްޕެއިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިދިކޮޅުން ކުރިއަށްގެންދާ “އިންޑިޔާ އައުޓް” ކެމްޕެއިނަކީ 21 ވަނަ ގަރުނުގައި ބަޔަކު މީހުން ހިންގާނެ އެންމެ ދަށު ދަރަޖައިގެ އަމަލުކަމަށް ވައްޑެ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އުޅެމުންދާތާ އެތައްހާސް އަހަރެއްވީއިރު، ދިވެހިން ކެއިންބުއިމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަމުންދާ ކާޑުގެ ބާވަތްތަކަކީ ރާއްޖޭގައި އުފެއްދި ތަކެއްޗެއް ނޫންކަމަށާއި މިބާވަތްތައް ބޭނުންކުރަމުންދަނީ އަވަށްޓެރި އިންޑިޔާއިން އެތެރެކޮށްގެންކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަލާމަތަށް ނުރައްކާވެއްޖެ ކޮންމެ ހާލަތެއްގައި އެންމެ އަވަހަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމަކީވެސް އިންޑިޔާކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާގައިވެސް އެންމެ ކުރީއްސުރެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އިންޑިޔާގެ ސިއްހީ މާހިރުންކަމަށް ވައްޑެ ވިދާޅުވިއެވެ. ގައުމެއްގެ ގޮތުގައި ކުރިއަރައިދިޔުމަށް ނުވަތަ ދެމިއޮތުމަށް އަވަށްޓެރި ގައުމުތަކުގެ ބޮޑު އެހީތެރިކަމެއް ލިބިގެންގޮސްފައިވާކަމަށް ވައްޑެ ވިދާޅުވިއެވެ. އެހެންކަމުން، ޕާޓީއިންވެސް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ އަވަށްޓެރި އިންޑިޔާއާއި ގުޅިގެންކަމަށް ވައްޑެ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: