ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންއާއެކު މަސައްކަތް ނުކުރާ ފަރާތަކާއެކު ޕީޕީއެމްއިން މަސައްކަތް ނުކުރާނެ: އަދުރޭ

ރައީސް ޔާމީނާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތް ނުކުރާ ފަރާތަކާއެކު ޕީޕީއެމުން މަސައްކަތް ނުކުރާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ރައީސް ޔާމީންއާ އެކުސިޔާސީ މަސައްކަތް ނުކުރެއްވި ނަމަވެސް ޕީޕީއެމްގެ މެންބަރުންނާއެކު މަސައްކަތް ކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އަދުރޭ ވިދާޅުވީ ޔާމީނާއި އެކު ސިޔާސީ މަސައްކަތް ނުކުރައްވާ ބޭފުޅަކާއެކީ ނުވަތަ ޕާޓީއަކާ އެކީ ޕީ.ޕީ.އެމް/ޕީ.އެން.ސީއަކުން މަސައްކަތެއް ނުކުރާނެ ކަމަށެވެ.

އެމްއެންޕީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ރަޖިސްޓްރީ ކުރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ނާޒިމް ވިދާޅުވީ ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނުގެ އަމިއްލަ ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: