ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ތަރައްގީ ގެންނަން އެނގޭ ޕާޓީއެއް ނޫން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ ތަރައްގީގެ މަޝްރޫއުތައް ހިންގައި، ތަރައްގީ ގެންނަން އެނގޭ ޕާޓީއެއްނޫންކަަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކަކީ ކުރީ ސަރުކާރުން ހިންގާފައިވާ ޖަރީމާއެއްކަމަށް ބުނެ އެޖަރީމާ ހިންގާފައިވާ މީހުންނާއިމެދު ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވަނީ ގަރާރެއް ހުށައަޅުއްވާފައެވެ. އެގޮތުން ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7000 ހައުސިން މަޝްރޫއުގައި ސަރުކާރަށް ފައިދާވާ ގޮތަށް ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށެވެ.

މައްސަލާގައި ބަހުސްކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރު ސައީދު ވަނީ މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މަޖިލީހުގައި ތިއްބަވާ 65 މެމްބަރުންނަށް ސުޕަ މެޖޯރިޓީއާއިއެކު ކުރެވިފައިވަނީ ކީއްތޯ މެމްބަރު ސައީދު ވަނީ ސުވާލުކުރައްވާފައެވެ. ތިން އަހަރުވެގެންދިޔައިރު ސަރުކާރަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށްގެންދެވިފައިނުވާއިރު، ސަރުކާރުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ހަމައެކަނި ބިޔަ މަޝްރޫއަކީ ގްރޭޓަރ މާލެ ސަރަހައްދު ގުޅާލުމަށް އަޅާ ބްރިޖުކަމަށާއި އެހެންނަމަވެސް، އެމަޝްރޫއުގެވެސް އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށްނުދާކަމަށް ސައީދު ވިދާޅުވިއެވެ.

“ތިން އަހަރުވީއިރު ކޮން ކަމެއްތޯ ކުރެވުނީ؟ ދެން މިކިޔަނީ އިއްޒަތް ނުކިޔާ ވާހަކަ! ތިން އަހަރުވީ ނުވަ ބިލިއަން ރުފިޔާއަށް ތަނބެއް ނުޖެހިގެން ތިއުޅެނީ!” ސައީދު

މެމްބަރު ސައީދު ވިދާޅުވީ، އިދިކޮޅުން ދެންވެސް ވެރިކަމަށް އަންނާނީ ބޯހިޔާވަހިކަމުގެ ތަފާތު މަޝްރޫއަކާއި އެކުގައި ކަމަށެވެ. ބޯހިޔާވަހިކަމަށް ތަފާތު ބަދަލެއް ގެންނާނެ ކަމަށާއި އާ އިމާރާތްތައް ދެން ވެރިކަމެއްގައިވެސް އަޅާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި 25 ފަންގިފިލާއިން ނުފުދޭކަމަށްވާނަމަ އެއަށްވުރެ މައްޗަށް، އެއަށްވުރެ ބޮޑެތި ޓަވަރުތަކެއްވެސް އަޅާނެކަމަށް ސައީދު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިތުރުން، އެއާޕޯޓުތަކާއި ރަންވޭތައްވެސް އިދިކޮޅުގެ ވެރިކަމެއްގައި ތަރައްގީކުރަމުންދާނެކަން ފާހަގަކުރެއްވިއެވެ. އިދިކޮޅުގެ ވެރިކަމެއްގައި ބުރިޖު އަޅައި ރަށްތައް ތަރައްގީކޮށް، ދިވެހިން މުއްސަނދި ބަޔަކަށް ހަދައިދޭނެކަމަށް ސައީދު ވިދާޅުވިއެވެ. މިކަންކަމަކީ އެމްޑީޕީގެ ވެރިކަމެއްގައި ކުރެވޭނެ ކަމެއްނޫން ކަމަށާއި އެމްޑީޕީއަށް މިފަދަ ކަންކަން ކުރަން ނޭނގޭނެކަމަށް ސައީދު ވިދާޅުވިއެވެ. އެއީ އެމްޑީޕީގެ އިހްލާސްތެރިކަން ނެތިގެން ނޫންކަމަށާއި ޕާޓީގެ ވެރިންގެ އިހްލާސްތެރިކަން ނެތިގެންކަމަށް ސައީދު ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އާންމުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބޭތީ އެކަމުގެ ފާޑުކިޔުންތައް އަންނަނީ ސަރުކާރަށްވެސް އަދި އިދިކޮޅު ކޯލިޝަނަށްވެސް އަމާޒުކުރަމުންނެވެ. އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިފައިނެތީ އެކަން ކުރުމަށް ކުރީ ސަރުކާރުން ޕްލޭންކޮށްފައިނުވާތީ ކަމަށް ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ މީހުން ބުނަމުންދާއިރު އިދިކޮޅުން ވަނީ ހިޔާ ފްލެޓުތަކުގެ ކަންކަން ބޮއްސުންލައިގެން ދިޔައީ ސަރުކާރުން ސިޔާސީގޮތުން ޖެއްސުންކުރުމުންކަމަށް ބުނެފައެވެ. އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ތިން އަހަރުގެ މުއްދަތެއް ލިބުނުކަމަށާއި ތިން އަހަރުގެ ތެރޭގައި ސަރުކާރަށް އެއްވެސް ކަމެއްކޮށްދެފިވައި ނުވާކަމަށް އިދިކޮޅުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: