ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކުގެ އަގު ހެދުމުގައި އޮޅުވާލާފައިވާތީ ފިޔަވަޅު އަޅަން ގޮވާލާ މަޖިލީހަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓް އެޅުމުގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު ހުށަހެޅި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 33 މެމްބަރުންގެ ވޯޓާ އެކުއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ފަލާހު ހުށަހެޅުއްވި މައްސަލާގައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ހިޔާ ފެލްޓުތަކުގެ ކުލި ބޮޑުވެގެން ރައްޔިތުން ޝަކުވާކުރަމުން އަންނަނިކޮށް، އެކަމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓުގައި ކުރީ ސަރުކާރުން ކަނޑައެޅި އަގަކީ ގޯސް ހިސާބެއްކަން ހާމަވެފައިވާކަމަށެވެ. އަދި މި ސަރުކާރުން ކަނޑައެޅި އަގު ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރަމުން އައިއިރު، ގޯސް ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް، ގަސްތުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ނުތަނަވަސްކަން އުފައްދަން ބަޔަކު މަސައްކަތްކޮށްފައިވާކަމަށްވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

މިކަމުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އިތުރަށް ނުތަނަވަސްކަން އުފެދި އެފަދަ ހާލަތެއް މެދުވެރިވެފައިވާކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.

އަދި ހިޔާ ފްލެޓްގެ އަގުތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ކަންކަން ސާފުވެފައިވާއިރު ހިޔާ ފްލެޓްގެ މަޝްރޫއުގެ ތެރެއިން ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާގޮތަށް އަމަލުކޮށް ހިންގާފައިވާ ކަންކަން ފުރިހަމަ ތަހުގީގު ކުރުމަށް މައްސަލައިގައި ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: