ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮންޖެހުންތަކާއެކު ވެސް ޕާޓީއާ ގުޅޭ މީހުންގެ އަދަދު އަންނަނި ބޮޑުތަނުން އިތުރުވަމުން: ޕީޕީއެމް

ރައީސް ޔާމީނާއި، އަބްދުައްރަހީމް އަބްދުﷲ/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ޕީޕީއެމްއިން ހޯދަމުންދިޔަ ކާމިޔާބީތަކަށް ހުރަސް އެޅުމަށް ކުރިމަތި ކުރަމުންދާ ހުރަސްތަކާއިއެކުވެސް ޕީޕީއެމްއަށް އޮތް ތާއީދު ބޮޑު ވެފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އެޕާޓީގެ އެންމެހާ މެންބަރުންނަށް ފޮނުވައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕީ.ޕީ.އެމް ގެ 10 އަހަރުގެ ތާރީހަށް ބަލާލާއިރު، ޕީ.ޕީ.އެމް ހިމެނިގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖެގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައިކަމަށެވެ. އެގޮތުން ޕާޓީ އުފެދުނު ފަހުން ކުރިމަތިލީ އެންމެ ބޮޑު އިންތިޚާބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަމަށާއި، އެ އިންތިޚާބުގައި އެފަހަރުގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާދަކުރައްވާ ވަނީ ކާމިޔާބު ކުރައްވާފައިކަމަށެވެ. އެއާއެކު 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިޤައުމާއި ރައްޔިތުންނަށް އެތައް ކާމިޔާބަކާއި ކުރިއެރުން ގެނެސްދެއްވި 5 އަހަރުގެ ވެރިކަމެއް ވަނީ ފުރިހަމަ ކުރައްވާފައިކަމަށާއި، ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ވަނީ ގެނެސްދެއްވާފައިކަމަށެވެ.

”ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވައި، ދިވެހީންނަކީ ފުދުންތެރި ބަޔަކަށް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުންވެސް ވަނީ އެތައް ކާމިޔާބިއެއް ޙާސިލު ކުރައްވާފަ. ޢުމަރާނީ ގޮތުންނާއި، ތަޢުލީމީ ދާއިރާއިންނާއި، ސިއްޙީ ދާއިރާންނާއި، ކުޅިވަރުގެ ދާއިރާއިންނާއި އަދިވެސް އެނޫން ދާއިރާތަކުންވެސް ވަނީ މިޤައުމާއި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީ ގެނެސްދެއްވާފަ. 2013 ގެ ރިޔާސީ އިންތިޚާބަށް ފަހު، 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީވެސް ވަނީ ޕީ.ޕީ.އެމް ހޯދާ އެއިންތިޚާބުވެސް ކާމިޔާބުކޮށްފަ.” ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޕާޓީން ބުނެފައިވަނީ ކާމިޔާބުގެ ޞަފްޙާތައް ލިޔަމުން ގެންދަނިކޮށް މި ކާމިޔާބީތަކަށް ހިޔަނި އެޅިގެން ގޮސްފައިވަނީ، ފާއިތުވެ ދިޔަ ތަނުގައި ކާމިޔާބީ ހޯއްދަވައިދެއްވުމުގެ އެންމެ މުޙިންމު އަދި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އަދިވެސް ކުރައްވަމުން ގެންދަވާ މޭސްތިރި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޙައްޤުނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބަހައްޓައިގެން އަނިޔާދެމުން ގެންދާތީކަމަށެވެ. އެޙާލަތުގައި އަނިޔާ ލިބެމުން ދިޔަނަމަވެސް އެމަނިކުފާނަށް ނުޙައްޤުން ދެމުން ގެންދާ އަނިޔާއާއި ދެކޮޅު ހަދާ އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށްޓަކައި ޕީޕީއެމްގެ ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ގެންދަނީ މުޙިންމު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށްފައިވުންކަމަށް އެޕާޓީން ވަނީ ފާހަގަކޮށްފައެވެ.

”މިވަގުތު ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ކުރިމަތިވަމުން ދާ ގެއްލުންތަކާއި ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރޭ. އަދި އެމަނިކުފާނު ޖަލަށްލާފައިވަނީ ޙައްޤު ނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ކަން އެމަނިކުފާނުގެ ޝާރީޢަތްތައް ކުރިއަށް ގޮސްފައިވާ ގޮތް އަޑުއެހި ކޮންމެ ރައްޔިތަކުވެސް މިއަދު ޤަބޫލުކުރޭ.” ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމްއިން ބުނެފައިވަނީ މިއަނިޔާތަކާއިއެކުވެސް އެޕާޓީއާއި ގުޅެމުން ގެންދާ ދިވެހި ރައްޔިތުންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުން ކަމަށެވެ. ހަމައެހެންމެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ދިވެހި ރައްޔިތުންގެ ޢަދަދުވެސް ހާހުން އިތުރުވަމުންދާ ކަމީ ލިބެމުންދާ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: