ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މެމްބަރުންނާއެކު މަޖިލީހުގައި އެމްއެންޕީ ތަމްސީލުކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީކޮށް، ރައްޔިތުންގެ މަޖިލީހުގައި ވެސް ތަމްސީލުކުރަން ފަށައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ތިން މެމްބަރަކު އެމްއެންޕީއާ ގުޅި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ވުމާއެކު އެމްއެންޕީ އާއި އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ތިން މެމްބަރުން މަޖިލީހުގެ ދަފްތަރުގައި ވެސް މިހާރު ހިމަނައިފައިވާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ މިބަދަލާއިއެކު މަޖިލީހުގެ ކޮމެޓީތަކަށްވެސް ބަދަލުތަކެއް އަންނާނެ ކަމުގައެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް އެކުލެވެއެވެ. މީގެ ތެރެއިން މަޖިލީހުގައި ތަމްސީލް ކުރަމުންދަނީ 6 ސިޔާސީ ޕާޓީތަކުގެ މެމްބަރުންނެވެ.

އެމްއެންޕީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދިނީ ޖުލައި މަހުގެ 15 ގައެވެ. މި ޕާޓީގައި އިސްކޮށް ހަރަކާތްތެރި ވަނީ ވިލިމާލެ ދާއިރާގެ މެމްބަރ އަހްމަދު އުޝާމާއި ދަނގެތި ދާއިރާގެ މެމްބަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: