ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމާއި މެދު ބަހުސް ކުރުމަށް ވުރެ ރަނގަޅީ ޕާޓީއާއި އެކު ކުރިޔަށް ދިއުން: މޫކޭ

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، މޫސާ އަލި މަނިކު (މޫކޭ) / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރުމުގެ ނިޒާމާއި ގުޅޭގޮތުން ބަހުސް ކުރުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ޕާޓީގެ މަސައްކަތްތަކާއި ކުރިޔަށް ދިއުންކަން ނިމިދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުން ހާމަވެގެން ގޮސްފައިވާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

“ސަންގު ޓީވީ” ގެ ހަބަރަށް ފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރެއްގެ ގޮތުގައި ގައުމީ މަިޖިލީހުގެ އެއް ދައުރު ނިމި އަނެއް ދައުރާއި ކުރިމަތިލަމުން ދާ އިރު ޕާޓީގެ ކަންތައް ހިންގާ އުސޫލުތައް ގާތުން އެނގި، ހަމަތަކަށް ރޯ ފިލާފައި ވާ ކަމަށެވެ.

އެމްޑީޕީ ގެ މެމްބަރުންގެ މެދުގައި ހަމަނުޖެހުމާއި ތަޅާފޮޅުން ހިނގައި އިދިކޮޅު ފަރާތްތަކުގެ މޫނަށް ހިނިތުންވުން ވެރިވެފައި ވީ ނަމަވެސް، ދިގު މުއްދަތަކަށް ހިނިތުން ވެފައި ތިބުމުގެ ފުރުސަތު ނުލިބޭ ކަަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ތެރޭގައި މައްސަލަތައް ހުރުމުގެ މާނައަކީ، އެކަން ދާއިމަށް ދެމިގެން ދިއުން ނޫންކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕާޓީން އަބަދުވެސް އެތެރޭގެ މައްސަލަތައް ހައްލު ކުރާކަން މޫކޭ ފާހަގަ ކުރެއްވި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރުމާއި އެކު، ސިޔާސީ މަސްރަހުގެ ތެރެއިން ފާހަގަ ކުރެވިގެން ދިޔައީ ހަމަ އެކަނި އެމްޑީޕީ ހަރަކާތްތެރިވަމުންދާ ކަމާއި، އިދިކޮޅުގެ ހިލަމެއް ނުވާކަމަށް މޫސާ ފާހަގަކުރެއްވިއެވެ. ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތުމުގެ މުހިންމުކަމާއި ގުޅޭގޮތުން މޫކޭ ވިދާޅުވީ އެކަމުގައި ޕީޕީއެމް، ޕީއެންސީއަށް އެމްޑީޕީގެ އެހީ ބޭނުންވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި ހަމަނުޖެހުން އޮތްކަމަށް ބުނެ، އިދިކޮޅުގެ ތެރެއަށް ކޮންމެވެސް ވަރެއްގެ ދިރުމެއް އައިސް ވާހަކަ ދައްކާނެ މައުޟޫއެއް އެބޭފުޅުންނަށް ލިބުނު ކަމަށާއި ޕާޓީތަކަށް ވެސް ފާޑުކިޔާނެ މީހުން ތިބުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.

“ތަންކޮޅެއް ޒުވާން ކޮށް ބުނާނަަމަ އިދިކޮޅެއް ނެތުމަކީ ވަރަށް ވައި ކަމެއް. އިދިކޮޅު ކޮންމެވެސް ވަރަކަށް ދިރުނު ނަމަވެސް އެމީހުންގެ ޒާތުގައި އިދިކޮޅު ހަރަކާތްތައް ހިންގަން ނޭއްގުނެއްކަމަކު، މަޑު މަޑުން އިދިކޮޅު ހަރަކާތްތައް ފެންނަމުން އެބަ ދޭ”

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ދެބަސްވުމުގެ ސަބަބުން ސިޔާސީ މަސައްކަތްތައް ދެފަޅި ވެގެންދިޔަކަން މޫސަ ފާހަގަކުރެއްވިއެވެ. އެގޮތުން އެއްބަޔަކު ބޭނުންވީ ސަރުކާރުގެ ވައުދުތައް ފުއްދައި، ސަރުކާރުގެ މަސައްކަތް ފުރިހަމަ ކުރުން ކަމަށް ވެފައި، އަނެއް ބަޔަކަށް އޮތީ އެމްޑީޕީގެ ފަލްސަފާ ދެމެހެއްޓުމުގެ މަސައްކަތް ކުރުން ކަމަށް މޫސާ ވިދާޅުވިއެވެ.

ދެ މީހަކު ނިކުމެ ވަކި ނިޒާމަކަށް ތާއިދުކޮށް ވެެރިކަމުގެ ނިޒާމު ބަދަލުކުރާ ވާހަކަ ދެއްކުމަށް ވުރެ އެންމެ އެދެވިގެންވާ ގޮތަކީ ޕާޓީ އެކުގައި މިކަމުގެ ތެރޭގައި އުޅެ މަސައްކަތް ކުރުންކަމަށް ދޭހަވާ މޭރުމަކުން މޫކޭ ވާހަކަ ދެއްކެވި އެވެ.

ވެރިކަން ކުރުމުގައި ގެންގުޅެން ޖެހެނީ ކޮން ނިޒާމެއްތޯ ކަނޑައެޅުމަށް ބޭއްވުނު ވާދަވެރި އިންތިހާބުގައި ބަރުލަމާނީއަށް ތާއިދު ކުރާ މަދު ބަޔަކު ފެނުނުކަމާއި، މި އިންތިހާބުން އާއްމު މެމްބަރުންގެ ތާއިދު އޮތް ނިޒާމު ހާމަވެގެން ދިޔަކަމަށް މޫސާ ވިދާޅުވިއެވެ. ދާއިރާގެ މެމްބަރުން ބޭނުން ވަނީ ވެރިކަން ކުރުމުގެ ނިޒާމެއްގެ ގޮތުގައި ރިޔާސީ ނިޒާމު ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކު ކުރިއަށް ދިއުން ކަމަށް މި އިންތިހާބުން ހާމަ ވެގެން ދިޔަ ކަމަށް ވެސް މޫސާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ “ފޮތި ފޮތިކޮށް” ޕާޓީގެ މައްޗަށް ގަދަވެގެގަތުމުގެ ފުރުސަތު ޕާޓީގެ ދެ ލީޑަރުން ނުދެއްވާނެކަން ފާހަގަކޮށް މޫކޭ ވިދާޅުވީ އެމްޑީޕީގެ މެދުގައި ޒުވާބު ކުރުމާއި ދެބަސް ވުން އޮތްނަމަވެސް، “ފިނިޝިންގ ލައިން” އާއި ހަމައަށްދާއިރު ޕާޓީ ގެ އެންމެންނަކީ އެއްބަވަންތަ ބައެއް ކަމަށެވެ.

“މި ޕާޓީ ގެ އިސް ދެ ލީޑަރުން، ޕާޓީ ފޮތި ފޮތި ކޮށްލައި އެހެން ބަޔަކަށް ފުރުސަތެއް ނުދޭނެ މި ޕާޓީގެ މައްޗަށް އަރާކަށް ނުދޭނެ ކަމީ އަޅުގަނޑަށް 100 ޕާސަންޓް ޔަގީންކަން އޮތްކަމެއް. މި ޕާޓީ މަގުމަތި ކޮށްލާކަށް ދެ ލީޑަރުންވެސް ނޭދޭނެ ކަން އަޅުގަނޑަށް ޔަގީން”

އެމްޑީޕީ ވަރުގަދަ ޕާޓީއެއްގެ ގޮތިގައި ދެމި އޮތުމަކީ ޕާޓީގެ އެންމެހާ މެމްބަރުންގެ އަޒުމްކަމަށް ވުމުން އެ އަޒުމާއި އެއްގޮތަށް މަސައްކަތް ކުރާނެކަމަށް ވެސް މޫކޭ ވިދާޅުވި އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: