ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްފަރި ފަރަށް އެރި ބޯޓުގެ ވެރިފަރާތް ސަތޭކަ މިލިޔަން ރުފިޔާއިން ޖުރިމަނާކޮށްފި

ރަސްފަރި ފަރަށް އެރި ބޯޓު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްފަރި ފަރަށް އެރި ބޯޓުގެ ވެރިފަރާތް ސަތޭކަ މިލިޔަން ރުފިޔާއިން ޖުރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ބަޔާނުގައި ވަނީ އޮގަސްޓް މަހުގެ 19 ދުވަހު ރަސްފަރީގެ ފަރަށް “އެމް.ވީ ނެވިއޯސް އެމެރައިލިސް” ނަމަކަށް ކިޔާ އުޅަނދު އެރުމާއި އެއުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެގޮތުން، ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު)ގެ ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު:9-R/2011 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާއިދު)ގެ ދަށުން 100,000,000.00 (އެއްސަތޭކަ މިލިއަން) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާކަމަށް އީޕީއޭއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 25 އޮކްޓޫބަރު 2021 ގައި އަންގާފައިވާނެކަމަށް އީޕީއޭގެ ބަޔާނުގައިވެއެވެ. އެއުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މިއެޖެންސީއާއި އެމްއެންޑީއެފްއާއި ގުޅިގެން އެ ސަރަޙައްދު ބަލައި ސަރވޭކޮށްފައިވެއެވެ. ސާރވޭތަކުން ދައްކާގޮތުގައި ފަރުގެ 8867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ޤަވާއިދު ނަންބަރު:9-R/2011 ގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 893,952,569.83 ( އަށްސަތޭކަ ނުވަދިހަ ތިން މިލިއަން ނުވަލައްކަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސްދޮޅަސް ނުވައެއް ރުފިޔާ އަށްޑިހަ ތިންލާރި) އެވެ. ނަމަވެސް، ޤާނޫނު ނަންބަރު:4/93
ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާ ޚަލާސްކުރުމަށް އަންގާފައިވާނެކަމަށް ބަޔާނުގައިވެއެވެ.

ރަސްފަރީގެ ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ޝަރީއަތް މެދުވެރިކޮށް އެޓާނީ ޖެނެރަލްގެ އޮފީހާއި އެކުގައި މިހާރު ފަށާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ. ކ. ރަސްފަރި އާއި އެ ރަށުގެ ވަށައިގެންވާ ސަރަހައްދަކީ ސެޕްޓެމްބަރު 27، 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: