ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ޚިދުމަތްތައް ފަސޭހަކޮށްދިނުން: ނައިބް ރައީސް

ނައިބްރައީސް ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ޚިދުމަތްތައް ފަސޭހަކޮށްދިނުންކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވަނީ ފާއިތުވެެގެންދިޔަ ދުވަސްތަކުގައި ދިމާވި އެކި ގޮންޖެހުންތަކާއިއެކުވެސް ރައްޔިތުންނަށް މެދުކެނޑުމެއްނެތި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

ފައިސަލް ވިދާޅުވީ، މިހާތަނަށް އައިއިރު ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ހިދުމަތްތައް ލާމަރުކަޒުކުރުން ކަމަށެވެ. މީގެކުރިން، ގުރްއާން ހިތުދަސްކުރުމަށްފަހު އެއިމްތިހާންގައި ބައިވެރިވުމަށްވެސް ދާންޖެހެނީ މާލެއަށް ކަމަށާއި އެހެންނަމަވެސް މިއަދު އެކަމަށް ނިމުމެއް ގެނެސްފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ. އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ކޮންމެ ހިދުމަތެއް ހޯދުމަށް މާލެއަށް ދާންޖެހިފައި އޮތުން ހުއްޓުވުމަކީ ސަރުކާރުގެ އެންމެ ބޮޑު ވައުދުކަމަށާއި ހަގީގީ މާނާގައި މިސަރުކާރުން ހިދުމަތްތައް ލާމަރުކަޒުކުރާނެކަމަށް ވިދާޅުވިއެވެ.

“ހަގީގީ މާނާގައި ލާމަރުކަޒު ކުރެވިގެންދާނެ. އެއާއިއެކު ތައުލީމީ ނިޒާމް ވަރުގަދަވެ، ރަށުން ލިބޭ ސިއްހީ ހިދުމަތްތައް އިތުރުވެ އަދި މިނޫންވެސް ގިނަ ކަންތައްތަކެއްގެ ފަސޭހަ ލިބި ހިދުމަތްތައް ނުލިބުމުގެ ސަބަބުން މިކުރަންޖެހޭ ހިޖުރަކުރުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ” ފައިސަލް

މީގެ އިތުރުުން، ފައިސަލްގެ ވާހަކަފުޅުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. ރަށާއި ގައުމު ކުރިއެރުވޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި އަދި އެކަމުގެ ނަތީޖާއެއްގެގޮތުން ދުޅަހެޔޮ ރަނގަޅު ޖީލެއް ބިނާކުރެވިގެންދާނެކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ކޮންމެ މީހަކަށްވެސް ލިބިފައި ހުރި އިލްމެއް ބޭނުންކޮށްގެން މުޖުތަމައު ތެރޭގައި ހުރި މައްސަލަތައް ހައްލުކޮށް، މިހާރު ބޮޑެތިވަމުން އަންނަ ކުޑަކުދިންނަށް އުޖާލާ މުސްތަގްބަލެއް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަކީ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ޒިންމާއެއްކަމަށެވެ. ގައުމަށް ފައިދާހުރި އަދި ގައުމުދެކެ ލޯބިވާ ޖީލެއް ބިނާކުރުމަކީ މިވަގުތު ހުރިހާ ދިވެހިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށް ފައިސަލް ވިދާޅުވިއެވެ. އިސްލާމްދީންވެސް އެންމެ ބޮޑަށް ބާރު އަޅަނީ ހެޔޮ ކަންކަމުގައި އެކަކު އަނެކަކަށް ވާގިވެރިވުމަށްކަމަށް ވާއިރު، ހުރިހާ ދިވެހި ރައްޔިތުންނަކީވެސް މަދަދުވެރިވާ ބަޔަކަށް ވާންޖެހޭކަމަށް ފައިސަލްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެގޮތުގައި މަސައްކަތްކޮށްފިނަމަ، ކާމިޔާބާއި ހަމައަށް ވާސިލްވުމަކީ ފަސޭހަކަމަކަށް ވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ ހާފިޒް އަހްމަދު ސްކޫލު ހޯލުގައި ކުރިޔަށްދިޔަ މިރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ހަފްލާގައި 27 ދަރިވަރަކު ޖަމާއަތްތެރިކަމުގެ ކޯހުގެ ސެޓްފިކެޓް، 45 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 1، 38 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 2، 28 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 3، 16 ދަރިވަރަކު ޤިރާއަތު ސެޓްފިކެޓް 4، 17 ދަރިވަރަކު އިމާމް ކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް، 13 ދަރިވަރަކު ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުގެ ސެޓްފިކެޓް ވަނީ ހާސިލްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: