ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހުރިއްޔާއަކީ ނައިބު ރައީސް ފައިސަލް ނަސީމްކަމަށް ދެކުމުގެ ޖާގަ ރައްޔިތުންނަށް އެބަ އޮތް: ޝިޔާމް

ނައިފަރު ދާއިޜާގެ މެންބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަކީ ނައިބު ރައީސް ފައިސަލް ނަސީމްކަމަށް ދެކުމުގެ ޖާގަ ރައްޔިތުންނަށް އެބަ އޮތްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ހުށައަޅުއްވާފައިވާ، 2018 ވަނަ އަހަރު އިންތިހާބުކުރެވުނު ރައީސުލްޖުމްހުރިއްޔާގެ ނައިބު، ރައީސުލްޖުމްހުރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނިކޮށް، 2018 ވަނަ އަހަރު އިންތިހާބުވެވަޑައިގެންފައިވާ ރައީސުލްޖުމްހުރިއްޔާ އަލުން މަގާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ދުސްތޫރީ އޮޅުންބޮޅުން ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝިޔާމް އެދިވަޑައިގަތީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތްފުޅުން ވާހަކަދައްކަވާ ބޭފުޅުން އެ މައްސަލަ ސްޕްރީމު ކޯޓާއި ހިސާބަށް ގެންގޮސްދެއްވުމަށެވެ.

ޝިޔާމް ވިދާޅުވީ ކަން ހިނގާފައިވާ ގޮތް ސާފުކުރެވެން އޮތް ގޮތަކީ އެއީކަމަށާއި، މި މައްސަލައިގައި ދިވެހި ރައްޔިތުންވެސް ތިބީ އޮޅުން އަރާފައިކަމަށެެވެ.

ބައެއް ދިވެހި ރައްޔިތުން އެބަ ގަބޫލުކުރައްވާ، ފައިސަލް ނަސީމް ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހުރިއްޔާގެ މަގާމާއިކަން އެނގެން އެބަ އޮތް ކުރެއްވި ހުވާގެ ސަބަބުން.

ފައިސަލް ނަސީމް ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހުރިއްޔާގެ މަގާމާއިކަން އެމަނިކުފާނުކުރެއްވި ހުވާގެ ސަބަބުން އެނގެން އެބައޮތްކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަކީ ފައިސަލް ނަސީމްކަމަށް ދެކުމުގެ ޖާގަ ރައްޔިތުންނަށް އެބައޮތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ސާލިހަށް ތާއީދުކުރައްވާ މެންބަރުން މަޖިލީހުގެ ތަޅުމުގައި ގާނޫނު އަސާސީގެ ނަންބަރުތަކެއް ވިދާޅުވުމަށްފަހު، މިކަން ދިފާއުކުރައްވަމުންދާކަމަށް ވިދާލުވެ ޝިޔާމް ވަނީ ފާޑުކިޔުން އަމާޒުކުރައްވާފައެވެ. ގާނޫނު އަސާސީގެ ވާހަކަދައްކަވި ނަމަވެސް މިއީ ގާނޫނުތަކާއި ހިލާފު ކަންކަންކުރަމުންގެންދަ ސަރުކާރެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ ގާނޫނު އަސާސީގައި ޥާ ގޮތުގެ މަތިން ހަރަދުކުރެވޭނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކުންކަމަށާއި، ނަމަވެސް ސަރުކާރުން ބަޖެޓު ގެންނަނީ ހަރަދުކުރުމަށްފަހުކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: