ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެގްރީމެންޓުތަކުގައި ސޮއިކުރިއަސް އަމަލީ ގޮތުން މަސައްކަތް ކުރާނެ ހަކަތައެއް ސަރުކާރުގައި ނެތް: ޝިޔާމް

ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ ،މެމްބަރު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެގްރީމެންޓުތަކުގައި ސަރުކާރުން ސޮއި ކުރި ނަމަވެސް ޕްރޮޖެޓުތައް އަމަލީ ގޮތުން ހިންގާނެހާ ހަކަތަ މި ސަރުކާރުގައި ނެތްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅާލުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށައަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެލައްވާ ވައުދުތައް މަތިން ހަދުމަފުޅު ނުހުންނަކަމަށެވެ.

ޝިޔާމް ވިދާޅުވީ ކޯޒްވޭއެއް ނޭޅިގެން އުޅޭއިރު، ބުރިޖު އަޅާ ވާހަކަ މި ސަރުކާރުން ދައްކާކަމަށާއި، ދެ ރަށް ދޭތެރޭގައި ކޯޒްވޭ އެޅުމަށް ގިނަ ރަށްތަކަކަށް ރައީސް ސާލިހު ވައުދުވީކަމަށެވެ. ނަމަވެސް އަދި މި ވެރިކަމުގެ ދައުރުގެ ތެރޭގައި އެންމެ ކޯޒްވޭއެއްވެސް އެޅުން ތަން ނުފެންނަކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެންވީމާ، ކޯޒްވޭއެއް ނޭޅޭ ބަޔަކު އަދި ބުރިޖުގެ ވާހަކަ ދައްކަ ހެޔޮނުވާނެ. އަޅުގަނޑުމެންނަށް ޔަގީނުންވެސް މި ރައްޔިތުންގެ މަޖިލީހުން ފަސް އަހަރަށް، ރައީސް ސާލިހުގެ މި ފަސް އަހަރަށް 170 ބިލިއަން ރުފިޔާ، 170 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހިމެނޭ ބަޖެޓުތަކެއް ޔަގީނުންވެސް މި ތަނުން އެޕްރޫވްކޮށްފިން.

ޝިޔާމް ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަމުގައި ފާއިތުވެގެން މިދިޔަ ދުވަސްތަކުގެ ތެރޭގައި މަޖިލީހުން 170 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނޭ ބަޖެޓުތައް ފާސްކޮށްފައިވާނެކަމަށެވެ. ނަމަވެސް މި ފަސް އަހަރު ތެރޭގައި ރައްޔިތުންގެ ތަރައްގީއަށް، އޭގެ ތެރެއިން 20 ބިލިއަން ރުފިޔާވެސް ހަރަދުކޮށްފައި ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގައުމުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކަށް މި ފަސް އަހަރު ނިމޭއިރު ހަރަދުކުރެވެނީ 18 ބިލިއަން ރުފިޔާކަމަށާއި، ނަމަވެސް މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރެ އިތުރަށް ކޮންމެ އަހަރަކު ހަރަދުކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އޭނާ ސުވާލުއުފެއްދީ ރައްޔިތުންނާއި ގުޅުންހުރި މަޝްރޫއުތަކަށް އެގޮތަށް ހަރަދުނުކުރާ ސަބަބާއިމެދުގައި އާއި ސިޔާސީ ބޭނުންތަކަށް ބަޖެޓުން އިތުރަށްވެސް ފައިސާ ހަރަދުކުރާ ސަބަބާއިމެދުއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން އަންނަނީ ސަރުކާރުގެ މަޝްރޫއުތަކާއި، ރައީސް ސާލިހު ޕްރޮމޯޓުކުރެއްވުމަށް ދައުލަތުގެ މީޑީއާގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންކަމަށެވެ.

އެ މީޑިއާގެ ބޭނުމަކީ، ހެނދުނު 6 ޖަހާއިރު ފަށާ ގޮތަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަން ހުރި ކަންތައްތަކާއި، ނުކުރައްވާ ކަންތައްތަކުގެ ފޮޓޯތަކާއި ތްރީޑީ ފޮޓޯ ހަދަން ވަރަށް މޮޅު މި ސަރުކާރު، ތްރީޑީ ޑިޒައިނަށް ހަދަން ވަރަށް މޮޅު.

މީގެ އިތުރުން އެގްރީމެންޓުތަކުގައި ސަރުކާރުން ސޮއި ކުރި ނަމަވެސް ޕްރޮޖެޓުތައް އަމަލީ ގޮތުން ހިންގާނެހާ ހަކަތަ މި ސަރުކާރުގައި ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރައްޔިތުންނާއި ގުޅުންހުރި ޕްރޮޖެކްޓުތަކުގައި ސޮއިކުރަންޖެހުމުން ސަރުކާރުން ފަސްޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ. މަގުތައް ހެދުމުގެ މަޝްރޫއުތައް ކުރިއަށް ނުދިޔަ ނަމަވެސް ދެން އަންނަ އަހަރަށް ބަޖެޓު ކަނޑައަޅާއިރު އެ މަގުތަކަށް ހަރަދުކުރުމަށް ކަނޑައަޅާ ފައިސާ މަދުވާކަމަށް ފާހަގަކޮށް، ޝިޔާމް ވިދާޅުވީ މިއީ މަންޒަރު އޮޅުވާލައި، މަގުތަކުގެ މަޝްރޫއުތައް ކުރިއަށްދާކަމަށް ދައްކަން ކުރާ ކަމެއްކަމަށެވެ. އެގޮތުން އޭނާ އިޝާރާތްކުރެއްވީ ނައިފަރުގެ މަގުތަކަށެވެ.

ޝިޔާމް ވިދާޅުވީ 8 ލައްކަ ރުފިޔާއަށް މަގު ހެދުމަށް ބަޖެޓުކުރެވިފައިވާކަމަށެވެ. އޭނާ ސުވާލުއުފެއްދެވީ 8 ލައްކަ ރުފިޔާއަށް މަގެއް ހަދާނެ ގޮތާއިމެދުގައެވެ. ނަމަވެސް މިއާއި ހިލާފަށް ރައީސް ސާލިހުގެ ދަތުރުފުޅުތަކަށް މިލިއަނުން ހަރަދުކުރަމުންދާކަމަށް ފާހަގަކޮށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ޝިޔާމް ސިފަކުރެއްވީ ހުވަފެނީ ދުނިޔެއެއްގައި ރައްޔިތުން ބޭތިއްބުމަށް ކުރަމުންދާ މަސައްކަތްތަކެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: