ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ވިސްނުންފުޅު ހައިރާންކުރުވާވަރަށް އަކުރުން އަކުރަށް އެބަ ދިމާވޭ: ޝިޔާމް

ނައިފަރު ދާއިޜާގެ މެންބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅު ހައިރާންކުރުވާ ވަރަށް ދިމާވަމުންދާކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވެފައިވަނީ ސިޔާސީ މަސްރަހުގެ ކުޅިބައި އެތުރެމުންދާ ގޮތުން އުއްމީދު އާލާކޮށްދެއްމުންދާކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިވަގުތު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއިއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަކީ ނާދިރުކަމެއްކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ރައީސް ސާލިހު ކޯލިޝަން ޕާޓުނަރުންނާއިމެދު އަމަލުކުރަމުންދާ ގޮތާއިމެދު ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ސަރުކާރުން ކުރާ ރަނގަޅުކަންކަމުގައި ޖޭޕީއަށް ކްރެޑިޓްނުދޭކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޯލިޝަން ހަދަންވުމުން ޖޭޕީ ވަރު ނޯންނަކަމަށް ވިދާޅުވިއެވެ.

މިހެންކަންތައްވުމުން ޝިޔާމް ވިދާޅުވެފައިވަނީ ކަންތައްތައްވަމުން މި ދަނީ ރައީސް ޔާމީން ވިސްނަވާފައިވާ ގޮތަށްކަމަށެވެ. އަދި ހައިރާންވާ މިންވަރަށް ރައީސް ޔާމީންގެ ވިސްނުންފުޅު އަކުރުން އަކުރަށް ދިމާވަމުންދާކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާ ޖަލަށްލާފައި ނަމަވެސް، އިދިކޮޅުން ބުނާ ގޮތުގައި އަދިވެސް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ހަމައަށްދާއިރު، ރައީސް ޔާމީން މިނިވަންވާނެކަމަށާއި، އިދިކޮޅުން މިހާރުވެސް އެ މަސައްކަތްކުރަމުންދާކަން ފާހަގަކުރެއެވެ. ނަމަވެސް ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ބުނާ ގޮތުގައި އިދިކޮޅުގެ މަގްސަދަކީ ރައީސް ޔާމީން މިނިވަންކުރުމެއް ނޫނެވެ. އަދި އިދިކޮޅުގައި މިހާރު ތިއްބެވި ބޭފުޅުން ބޭނުންވަނީ ޕާޓީގެ ރިޔާސީ ޓިކެޓުކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމް މިހާރު ވަނީ ހުކުމް ކުރެވިގެންދިޔަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށް އިސްތިއުނާފުކުރުމަށް ހުށައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: