ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު އޮތީ އިންތިހާބު ވަގަށް ނަގަން ރާވާފައި: ޝިޔާމް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިން، މާފުށި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ/ ފޮޓޯ: އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު “ވަގަށް ނަގައިގެން” ދެ ވަނަ ދައުރެއް ކާމިޔާބުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރާވާފައިވާކަމަށް ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ސޯޝަލްމީޑިއާއަށް ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ރީ ރެޖިސްޓްރީ ކުރުމަށް ހުޅުވާލި ދެ ދުވަހުގެ ތެރޭގައި 25،000 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ބަދަލުކޮށްފައިވާކަމަށް އިލެކްޝަންސްއިން އިއުލާނުކުުރުމާއިއެކު،

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި އަބްދުއްރަހީމްވަނީ މީގެ ކުރިން އެއްފަދަ ހާލަތެއްގައި ރީ ރެޖިސްޓްރީއަށް 7 ދުވަސް ދިނުމުން 20،000 މީހުންވެސް ހަމަނުވާކަމަށް ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، އެހެންކަމުން ދެ ދުވަސްތެރޭގައި ފަންސަވީސް ހާސް މީހުން ރެޖިސްޓްރީ ބަދަލުކުރިކަމަށް ބުނަނީ ވަގަށާއި އެހެނިހެން ގޮތް ގޮތުން މީހުންގެ ނަމުގައި ފޯމުލުން ފަދަ އަމަލުތައް ހިންގައިގެންކަމަށާއި އެއީ ހިންގާފައިވާ ވައްކަމެއްކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ ވާހަކަތަކަށް އަލިއަޅުއްވައި ޝިޔާމް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސާލިހު ބަލިވުމުން ދެވަނަ ބުރުގައި އިންތިހާބު ވަގަށް ނަގަން ވިސްނާފައިވާކަމަށެވެ. އެހެންނަމަވެސް އެކަން ކުރުމަށް ރައްޔިތުން ފުރުސަތެއް ނުދޭނެކަމަށާއި ރައްޔިތުން ތިބީ ގައްދާރުން ވެރިކަމުން ބޭލުމަަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އިންތިހާބު ވަގަށް ނެގުމަށް މަސައްކަތްކުރަމުންދާކަން ފަޅާ އަރާފައިވާކަމަށްވުމުން ބޭރު ގައުމުގެ ސިފައިން އަރުވަންވެސް ފަސްނުޖެހޭނެކަމަށް ބެލެވޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: