ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލުން ބޭރު ހަރަކާތްތައް ސްކޫލްތަކަށް ފޯރުމަކީ ކަންބޮޑުވާކަމެއް: ނައިބްރައީސް

ނައިބްރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލުން ބޭރުން ހިންގާ އެކި ހަަރަކާތްތައް ސްކޫލަށް ފޯރުމަކީ ކަންބޮޑުވާ ކަމެއްކަމަށް ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ވަނީ ށ. ފުނަދޫ ސްކޫލް ފާރުގައި އިންޑިޔާ އައުޓް ކެމްޕެއިނާއި ގުޅުންހުރި ސްލޯގަންތަކެއް ލިޔެފައިވާ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އިންޑިޔާ އައުޓް ކެމްޕެއިންގެ ނަން ފާހަގަނުކުރައްވާ އަދި ސްކޫލްގެ ނަންވެސް ވިދާޅުނުވެ ނައިބްރައީސް ފައިސަލް ވިދާޅުވީ އެކި ނަންނަމުގައި ހިންގާ ހަރަކާތްތައް ސްކޫލްތަކަށް ފޯރުމަކީ ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ.

ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަކީ ބަލައިގަނެވޭ ކަންކަމެއް ނޫންކަމަށް ފައިސަލް ވިދާޅުވިއެވެ. ސްކޫލްތަކުގައި ތައުލީމް ހާސިލްކުރަމުންދަނީ ހުރިހާ ރައްޔިތުންގެ ދަރިންކަން ފާހަގަކުރައްވާ ދަރިންގެ ތައުލީމަށް ހުރަސް އެޅޭ ފަދަ ކަންކަން ނުކުރެއްވުމަށް ނައިބްރައީސް ވަނީ ގޮވާލައްވާފައެވެ. ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާއަށް އެފަދަ އެކި ހަރަކާތްތަކުގެ ކަންކަން ނުފެތުރުމަށް ވަނީ ގޮވާލައްވާފައެވެ.

ށ. ފުނަދޫ ސްކޫލްގެ ފާރުގައި “އިންޑިޔާ އައުޓް” އާއި އެނޫންވެސް ސްލޯގަންތަކެއް ލިޔެފައިވާ ފޮޓޮއެއް އެންމެ ފުރަތަމަ ހިއްސާކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފެވެ. ފާރުގައި ލިޔެފައިވަނީ “އިންޑިޔާ އައުޓް” އަދި “ސޭ ނޯ ޓު އިންޑިޔަން”އެވެ.

އިދިކޮޅުން ތުހުމަތުކުރަނީ މިކަމަކީ އެއަތޮޅު ކޮމަންޑޫގެ ބައި އިލެކްޝަން ކެމްޕެއިނާއި ދިމާކޮށް އިދިކޮޅުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އެޅުވުމަށް އެމްޑީޕީއިން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ. އެމްޑީޕީއިން ވަނީ އެކަން ދޮގުކޮށް މިކަމަކީ ރައީސް ޔާމީން އިސްކޮށް ހުންނަވާ ކުރިއަށްގެންދާ އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން ހިނގާފައިވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން ޓީޗަރުންގެ މެދުގައި ނުތަނަަވަސްކަން އުފެދިފައިވާކަމުގެ ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ. އަދި މިފަދަ ކެމްޕެއިންތަކުގެ ސަބަބުން ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާފަދަ ދާއިރާތަކުގައި މަސައްކަތްކުރާ އިންޑިޔާ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެކަން ސަރުކާރުންވެސް ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު މިކެމްޕެއިންގެ ސަބަބުން އިންޑިޔާގައި އުޅޭ ދިވެހި ރައްޔިތުންނަށްވެސް ގެއްލުންތަކާއި ކުރިމަތިލާންޖެހިދާނެކަމަށްވެސް ސަރުކާރުންނާއި އެމްޑީޕީ މެމްބަރުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: