ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އަހަރުތެރޭ ސްކޫލްތަކުގެ ސާޅީހަކަށް ޕްރޮޖެކްޓް ވަނީ ނިންމިފައި: ނައިބްރައީސް

ސެޓެލައިޓް ސްކޫލް އިފްތިތާހުކުރުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތިން އަހަރުތެރޭ ސްކޫލްތަކުގެ ސާޅީހަކަށް ޕްރޮޖެކްޓް ނިންމާލެވިފައިވާކަމަށް ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭން ފެށުން ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ވިދާޅުވީ މިވަގުތުވެސް ތައުލީމީ ދާއިރާގެ ގިނަ ޕްރޮޖެކްތްތަކެއް ހިންގަމުން އަންނަކަމަށެވެ. އެގޮތުން މިވަގުތުވެސް ފަންސާސް ޕްރޮޖެކްޓް ވަރަށް ބާރަށް ހިނގަމުންދާކަމަށް ވިދާޅުވިއެވެ. އަދި ބާކީ އެތައް ޕްރޮޖެކްޓެއް ހަވާލުކުރުމުގެ މަރުހަލާގައިވެސް އެބައޮތްކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ފެންވަރު ރަނގަޅު ޓީޗަރުން ބިނާކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށާއި ޕްރިންސިޕަލުން ތަމްރީންކުރުމުގެ ޚާއްސަ ޕްރޮގްރާމްތަކެއްވެސް ރޭވިފައިވާކަމަށެވެ. މިވަގުތުވެސް މީގެކުރިން ގާއިމްވެފައިވާނެތް ވަސީލަތްތައް ގާއިމްކުރެވިފައި ނެތް ކަމަށާއި ކުރިން ލިބިފައި ނެތް ފުރުސަތުތައްވެސް މިވަގުތު ތަނަވަސްކޮށްދެމުންދާކަން ފައިސަލް ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރިން ލިބިފައި ނެތް ފަސޭހަތައް އިންތިހާ ދަރަޖައަށް ފޯރުކޮށްދެވެމުންދާކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެތައް ފައިދާތަކެއް ކުރަމުންދާކަންވެސް ފައިސަލް ފާހަގަކުރެއްވިއެވެ.

ސެޓެލައިޓް ސްކޫލް އިފްތިތާހުކުރުމުގެ ތެރެއިން

ނައިބްރައީސް ވިދާޅުވީ އަމާޒަކީ ޖަޒީރާވަންތަ ތަރައްގީއެއް ރާއްޖެއަށް ގެނައުމަށް ކަމަށެވެ. އަދި އެންމެ ބޮޑު ސިޔާސަތުކަމަށްވާ ލާމަރުކަޒުކުރުމުގެ ތެރެއިން ތައުލީމީ ދާއިރާ އިތުރަށް ފުޅާކުރުންކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ކޮވިޑް މިފަދަ ދުވަސްވަރުގައި ސިއްހީ އަދި ތައުލީމީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް ނައިބްރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި ޓީޗަރުން ހޭދަކުރެއްވީ ބުރަ ދުވަސްތަކެއްކަން ފާހަގަކުުރައްވާ ޓީޗަރުންނާއި އެޑިޔުކޭޝަން މިނިސްޓްރީއިން ކުރެއްވި މަސައްކަތްތަކަށް ނައިބްރައީސް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ޓީޗަރުން ދަރިވަރުންނާއި މެދު ބަހައްޓާ ޚާއްސަ ގާތްކަންވެސް ނައިބްރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސެޓެލައިޓް ޕްރޮގްރާމްގެ ދަށުން ބ. ފެހެންދޫ، ވ ރަކީދޫ އާއި ތިނަދޫގައި ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭނެއެވެ. މިއީ އާބާދީ މަދު ރަށްތަކުގެ ގޮތުގައި ކުރީއްސުރެވެސް ފާހަގަކުރެވި އަސާސީ ތައުލީމް ފަދަ ހިދުމަތްތައް އެރަށްތަކުން ނުލިބޭ ރަށްތަކެކެވެ. މިރަށްތަކުގެ ގިނަ އާއިލާތައް އެހެން ރަށްތަކަށް ހިޖުރަކޮށްފައިވާއިރު، ބައެއް އާއިލާތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވަނީ ކޮންމެ ދުވަހަކު ކަނޑު ހުރަސްކޮށް ކައިރި އޮންނަ ރަށަކަށް ދިޔުމަށްފަހުގައެވެ.

ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭއިރު ކޮންމެ ސްކޫލެއްގައިވެސް މިދަރިވަރުން ކިޔަވާނެ ކްލާސްރޫމްތައް ވަނީ ގާއިމްކުރެވިފައެވެ. އަދި މިކަމަށް ބޭނުންވާ ވަސީލަތްތައްވެސް ފޯރުކޮށްދެނީ ސަރުކާރުންނެވެ. ސެޓެލައިޓް ސްކޫލްގެ މައި ހަބުގެ ގޮތުގައި ބޭނުންކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. ދަރިވަރުންނަށް ކިޔަވައިދޭނީވެސް އެސްކޫލްގެ މުދައްރިސުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: