ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޗްގެ ނަޒަރުން ރާއްޖެ: އިގްތިސާދީ ކުރިއެރުންތަކެއް، އަދިވެސް ދަރަނީގެ ކަންބޮޑުވުން!

އާ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮންކޮންގްގެ ފިޗް ކުންފުނިން ރާއްޖެއަށް ދީފައިވާ ސީސީސީ ރޭޓިން މައްޗަށް ޖައްސައި ބީ މައިނަސްގެ ރޭޓިން އެއް ދީފިއެވެ.

ރާއްޖެއަށް ފުރަތަމަ ކްރެޑިޓް ރޭޓިން ދީފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އޭޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިންނެވެ. މޫޑީސްއިން އެ އަހަރު ރާއްޖެއަށް ދީފައިވަނީ “ބީ 2” ރޭޓިންއެކެވެ. އަދި އެއީ ފިޗްގެ “ބީ ޕްލަސް” ރޭޓިން އާއި ގާތްގަނޑަކަށް އެއްވަރެއްގެ ރޭޓިން އެކެވެ.

ދިވެހިރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 އިން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އިން ނެރުނު ރާއްޖޭގެ ރޭޓިންގައި ވާ ގޮތުން، ރާއްޖޭގެ ރޭޓިން “ސީސީސީ” އައުޓްލުކްއިން “ބީ މައިނަސް” އަށް މަތި ކުރީ ކޮވިޑު-19 ގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ އިގްތިސާދު ލަފާ ކުރި މިންވަރަށް ވުރެ ބޮޑުތަނުން ކުރިއަރާފައި ވާތީ އެވެ.

ފިޗްގެ ރިޕޯޓު ފަށަމުން އެންމެ ފުރަތަމަ ވެސް ބުނެފައިވަނީ، ކޮވިޑު-19 ގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވި މިނެއްގައި ކަމަށެވެ. އެގޮތުން އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 70 އިންސައްތައިގެ ރިކަވަރީއެއް ލިބިފައިވާކަން ފާހަގަކޮށް ފިޗްއިން ބުނެފައިވަނީ، ހޭދަކުރާ އެނދުގެ އަދަދު ވެސް މައްޗަށް ޖެހިލާފައިވާ ކަމަށެވެ. އަދި ފަތުރުވެރިން ކުރިއާއި ހިލާފަށް ރާއްޖޭގައި، 03 ދުވަސް ހޭދަކުރާކަމަށް ރިޕޯޓުގައި ވެއެވެ.

އެހެންވެ ފިޗްގެ އަންދާޒާ އަކީ 2022 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ފަތުރުވެރިކަން 80 އިންސައްތައިން ރިކަވާވެ، 2023 ހެ ނިޔަލަށް ހާލަތުން އެކީ އަރައިގަނެވުމެވެ.

ފިޗުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭން ވިއްކި ސުކޫކާ ގުޅިގެން ބޭރުގެ ދަރަނިތައް ދެއްކުނު ނަމަވެސް ދަރަނި ދައްކަން ބޭރު ފައިސާ ހޯދުން އަދިވެސް ރާއްޖެއަށް ދަތި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ހީކުރިވަރަށް ވުރެ އަވަހަށް ރަނގަޅުވަމުން ދިއުމާ ގުޅިގެން އިގްތިސާދު ރަނގަޅުވަމުން އަންނަކަން ފިޗުން ފާހަގަ ކޮށްފައިވެއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކޮށް ފިޗްއިން ބުނީ، ފަތުރުވެރިކަމަށް އެންމެ ބޮޑު ލޮޅުމެއް އައީ މިދިޔަ އަހަރު ކަމަށެވެ. އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ މައި ދޮރާށި ބަންދު ކުރަން ޖެހުން ފާހަގަ ކުރި އެވެ. ދުވަސްތަކެއް ވަންދެން ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށް ފަހު ބޯޑަރު އަލުން ހުޅުވާލުން އެއީ ފަތުރުވެރިކަމުގެ ޑިމާންޑު އިތުރުވުމުގެ ސަބަބެއްގެ ގޮތުގައި ފިޗްގެ ރިޕޯޓުގައި ވެއެވެ.

ބޯޑަރުތައް އަލުން ހުޅުވާލުމަށް ފަހު، ދުނިޔޭގެ ބައެއް ގައުމުތަކުން ބަލީގެ އާ ވޭރިއެންޓެއް ފެނި ސައުތް އޭޝިއާގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމުން މި އަހަރުގެ މޭއި އަދި ޖޫން މަހުގެ ތެރޭގައި އަދަދުތައް 40 އިންސައްތަ ދަށް ވެގެންދިޔަ ކަމަށް ފިޗްއިން ބުންޏެވެ.

ރާއްޖޭގެ މާލީ ހާލަތާއި މެދު ކަންބޮޑުވުންފާޅުކޮށް ފިޗްއިން ބުނީ، ރާއްޖޭގެ ދަރަނިތައް އިންތިހާއަށް ބޮޑުއިރު އެ ފައިސާތައް ނުވަތަ ލޯނުތައް އަނބުރާ ދެއްކުމުގައި ވެސް ބަރޯސާވަނީ ބޭރުގެ ގައުމުތަކަށް ކަމަށެވެ.

ރާއްޖޭގެ މުޅި އާމްދަނީ އެކައްޗަކަށް ބަރޯސާވެފައިވަނީ ފަތުރުވެރިކަމަށް ވާއިރު، އިގްތިސާދަށް ގެއްލުންވުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ފިޗްއިން ބުނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ދަރަނީގެ ބޮޑުބައެއް އެކުލެވޭ ސުކޫކު 2026 އަށް ހަމަވާއިރު، 2022 ވަނަ އަހަރުގެ ޖުލައި މަހު ނިމޭ އެމެރިކާ ޑޮލަރުގެ ބޮންޑުގެ ބޮޑުބައެއް އަނބުރާ ގަތުމަށް ބޭނުންކުރި ފައިސާގެ ބައެއް ދަށަށް ގޮސްފައިވާކަމަށް ފިޗްއިން ބުނެ އެވެ.

މީގެ ސަބަބުން 2025 ވަނަ އަހަރުގެ ނިޔަލަށް ދަރަންޏަށް ލުޔެއް ލިބުނު ނަމަވެސް، ރީފައިނޭންސިން ރިސްކުތައް އެބަހުރިކަމަށް ރިޕޯޓުގައި ވެއެވެ.

ގާތްގަނޑަކަށް 10 އިންސައްތައިގައި ލިބޭ 500 މިލިއަންގެ ސުކޫކާއި އެކު، އިދާރާތްތަކުން ބަރޯސާވާނީ، ބައިލެޓްރަލް އަދި މަލްޓިލޭޓަރަލް ފައިނޭންސިންގ ގެ ވަސީލަތްތަކަށް ކަމަށް ފިޗްއިން ލަފާ ކުރެ އެވެ. އަދި 2022 ވަނަ އަހަރު ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނިން 205 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ދަރަނިތައް ސޮވެރިން ބެލެންސް ޝީޓުގައި ކްރިސްޓަލައިޒް ވުމަކީ ވެސް ގާތްކަން ފިޗްއިން ލަފާ ކުރި އެވެ.

ފިޗް އިން ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރު ޖީޑީޕީ ކުރިއަރާ މިންވަރު 29.4 އިންސައްތައިން އަދި 2022 ވަނަ އަހަރު 10.0 އިންސައްތަ ކުރިއަރާނެކަމަށް ބެލެވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް އާ ރަންވޭގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނެކަމަށް ލަފާކޮށް ފިޗްއިން ބުނެފައިވަނީ އާ ރިސޯޓުތައް ތަރައްގީވަމުންދާ ވަރަކުން ކެޕޭސިޓީއާއި އެއްވަރަށް ހިދުމަތް ދެވޭނަމަ އަދަދުތައް މަތިވާނެ ކަމަށެވެ.

ސުކޫކް އިޝޫކުރުމުން ފޮރިން އެކްސްޗޭންޖް ބަފާރ އަކަށް ސަޕޯޓު ލިބިފައިވާއިރު، އޮގަސްޓް މަހު މި އަދަދު 874 މިލިއަން ޑޮލަރަށް ވުރެ ސެޕްޓެމްބަރު މަހު 1017 މިލިއަން ޑޮލަރަށް އިތުރުވެފައިވެއެވެ. އެހެން ނަމަވެސް ލަފާ ކުރެވެނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ދަށަށް ދާނެކަމަށް ލަފާ ކުރެވޭއިރު، ރިޒާވް ބޭންކް އޮފް އިންޑިޔާ އާއިއެކު 400 މިލިއަން ޑޮލަރުގެ ސްވޮޕް އެރޭންޖްމަންޓެއްގެ ތެރެއިން 250 މިލިއަން ޑޮލަރު، އަހަރު ނިމުމުގެ ކުރިން އަނބުރާ ދެއްކުމަށް ކަމަށް ފިޗްއިން ބުނެފައި ވެއެވެ.

ފިޗްއިން ބުނެފައިވާ ގޮތުން ކުރިއަށް އޮތް އަހަރުތަކުގައި ރިޒާވްތައް ދަށްވާނެ ކަމަށް ލަފާކުރެވޭއިރު، ހާއްސަކޮށް ކުރިން ކަނޑައެޅިފައިވާ ކުރު މުއްދަތުގެ ރިޒާވް ނެޓް، އޮގަސްޓް މަހު 214 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރު 25.7 އިންސައްތަ އަދި 2022 ވަނަ އަހަރު 23.7 އިންސައްތައިގައި މިހާރުގެ އެކައުންޓް ޑެފިސިޓް ފުޅާމިނުގައި ހިފަހައްޓާލެވޭނެ އެވެ.

ފިޗުން ރާއްޖޭގެ ލޯންގް-ޓާމް ފޮރިންކަރަންސީ އިޝުއާ ޑިފޯލްޓު ރޭޓިން (އައިޑީއާރް) ކުރިއަށް ޖައްސާފައި ވަނީ ރާއްޖޭގެ އިގުތިސާދު މިވަގުތު ރަނގަޅުވަމުން ދާތީ އެވެ. ފިޗުން ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު “ސްޓޭބަލް” ވަމުން އަންނަ ކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: