ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޗްގެ ރޭޓިންގްސްއަށް އެމްޑީޕީ މެމްބަރުންގެ ބަހުސް: ކްރެޑިޓް ދަށް ވީ އެމްޑީޕީ ގަރާރުގެ ސަބަބުން!؟

މަރަދޫ ދާއުރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ފާސްކުރި ދަރަންޏާއި ގުޅުންހުރި ގަރާރުގެ ސަބަބުންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސޮވެރިން ގެރެންޓީއަށް ހޮންގކޮންގެ ފިޗް ރޭޓިންގްސްއިން ދީފައިވާ ކްރެޑިޓް ރޭޓިން “ބީ މައިނަސް”އަކުން “ސީސީސީ”އަސް ބަދަލުކުރުމާއި ގުޅިގެން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން “ސީސީސީ”އަށް ބަދަލުކުރި ކުރުމަކީ، އެންމެ ފަހުން މަޖިލީހުން ފާސްކުރި ގަރާރުގެ ނަތީޖާކަމަށެވެ. އަދި ގަރާރު ފާސްކުރި ދުވަހުވެސް، އެގަރާރު އެގޮތަށް ފާސްނުކުރުމަށް ތަކުރާރުކޮށް ގޮވާލިކަން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިޅީހުގެ ކޮމިޓި ބައްދަލުވުމުގައިި ދަރަނީގެ ރިޕޯޓު ދިރާސާކުރެއްވެއިރު، ދިވެހިރާއްޖޭގެ ޖުމްލަ ދަރަނި 172 ބިލިއަން ރުފިޔާއަށް އަރާކަން ވަނީ ހާމަވެފައެވެ. ދަރަނީގެ މައްސަލަތައް މަޖިލީހުން ބަލަން ފަށާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމިއްލަ އިސްނެންގެވުމުގެ މަތިންނެވެ. އަދި ދަރަނީގެ މައްސަލަތައް ބެލުމަށާއި އެކަމަށް ހައްލެއް ގެނައުމަށް މަޖިލީހުގެ ތެރެއިން ޚާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

އެރިޕޯޓުގައިވާ ކަންކަން ބައިނަލްއަގްވާމީ ދުނިޔެއަށް ހާމަވެގެންދިޔުމާއި ގުޅިގެން، ރާއްޖެއަށް ދަތިތަކެއް ކުރިމަތިވާނެކަަމަށް އެދުވަހުގެ މެމްބަރު ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެރިޕޯޓު އެގޮތަށް އެކުލަވާލައިފިނަމަ، މުޅި ރާއްޖޭގެ ދަރަނީގެ ހާލަތާއި އިގްތިސާދީ ހާލަތާއިމެދު ބޭރު ދުނިޔެއިން ދެކޭގޮތް ތަފާތުވެ، ދަރަނި މެނޭޖްނުކުރެވޭ ފަދަ ގޮތަކަށް ބޭރު ދުނިއެއަށް ހީވެގެންދާނެކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ކޮމިޓީ ބައްދަލުވުމަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ އެދުވަހުވެސް ކޮމިޓީ ރިޕޯޓު ފާސްނުކުރެއްވުމަށް އާދޭސް ކުރެއްވި ކަމަށެވެ. އަދި ކްރެޑިޓް ރޭޓިން ދަށްވި ސަބަބަކީ އެދުވަހު ފާސްކުރި ދަރަންޏާއި ގުޅޭ ކޮމިޓީ ރިޕޯޓުކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 އިން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އިން ނެރުނު ރާއްޖޭގެ ރޭޓިންގައި ވާ ގޮތުން، ރާއްޖޭގެ ރޭޓިން “ބީ” ނެގެޓިވް އައުޓްލުކްއިން “ސީސީސީ” އަށް ދަށްކުރީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެ، ދަރަނިތައް އިތުރުވަމުން ދާ ކަމަށް ފިޗް ރޭޓިންގްސް ގައި ވަނީ ބުނެފައެވެ. އެ ރިޕޯޓުގައި ވާ ގޮތުން، ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މާލީ އެހީ ހޯދުމުގައި ކާމިޔާބު ތަކެއް ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

ފިޗްގެ ރިޕޯޓުގައި ސަރުކާރުގެ ދަރަންޏާއި ގުޅޭގޮތުން އެ އިދާރާއިން ބުނެފައިވަނީ ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗްއިން ވަނީ ބުނެފައެވެ.

ފިޗްއިން ވަނީ މިއަހަރުގެ ހަތަރުވަނަ ކުއާޓަރުން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި ހަމައަށް ދައުލަތުން ދައްކަންޖެހޭ 494 މިލިއަން ޑޮލަރުގެ ދަރަނި އެބައޮތްކަން ފާހަގަކޮށްފައެވެ. އަދި އޭގެ ތެރެއިން 142 މިލިއަން ޑޮލަރު 2021 ވަނަ އަހަރާއި ހަމައަށް ދައްކަން ޖެހޭ ކަމަށް ފިޗުން ފާހަގަކުރި އެވެ. ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ބޮޑުކަން ފާހަގަކޮށް ފިޗްއިން ބުނެފައިވަނީ 2022 ވަނަ އަހަރާއި ހަމައަށް 568 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަދި އޭގެ ތެރެއިން 277 ޑޮލަރު ދައްކަން ޖެހެނީ އަންނަ އަހަރުގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: