ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބް ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެއަށް!

ނައިބްރައީސް ފައިސަލް ނަސީމް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ނައިބް ރައީސް ފައިސަލްގެ ދަތުރުފުޅުގު ނިންމަވާލައްވައި މިރޭ ވަނީ މާލެ ވަޑައިގެންފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ދެ ސިޓީގެ ވެސް ސިޓީކައުންސިލާ ބައްދަލުކުރައްވައި ކައުންސިލަރުން ފާހަގަކުރެއްވިކަންކަމާ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި މި ދެ ސިޓީގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރެއްވުމާއި މި ދެ ސިޓީގައި ކުރިޔަށްދާ ސަރުކާރުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ދެ ސިޓީގެ ކަމާގުޅުންހުރި އެކިއެކި ފަރާތްތަކާއެކު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި މުހިންމު އެކިއެކި އިވެންޓްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އެގޮތުން ފުވައްމުލަކު ސިޓީގައި، މަސްޖިދުލް ހުދާގެ ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމާއި އައްޑޫސިޓީގެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގައި ސަރވިސް އެކްސެލަންސް ޕްރޮގްރާމް ފަށްޓަވައިދެއްވުން ފާހަގަކޮށްލެއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ މި ދެ ސިޓީގައި ވެސް ރަސްމީގޮތުން ޙިފްޡު ކޮމެޓީ އިފްތިތާހު ކޮށްދެއްވާފައެވެ.

ދަތުރުފުޅުގައި އެންމެ ފަހު ކަމެއްގެ ގޮތުން ނައިބްރައީސް ވަނީ މިއަދު އައްޑޫސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ރަނގަޅު މުދައްރިސުން ލިބުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: