ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެސްއެސްއިން ކޮންޓެއިނަރ ބޯޓެއް ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް އިން ގަނެފައިވާ ކޮންޓެއިނަރ ބޯޓް ހޮނިހިރު ދުވަހު ރާއްޖެ ގެނެސްފިއެވެ.

އެސްޓީއޯއިން ބުނީ މިއީ ރާއްޖޭގައި ބޯޓް ދަތުރުކުރުމުގެ ދާއިރާ ވަޅުޖެހިފައިވަނިކޮށް އެކުންފުނީން އިސްވެ 2020 ވަނަ އަހަރު އުފެއްދި ޝިޕިންގ ކުންފުނިން ގަނެގެން ގެނައި ފުރަތަމަ ބޯޓު ކަމަށެވެ.

އެކުންފުނިން ޗާޓަރުކޮށްގެން ގެނައި ފުރަތަމަ ބޯޓް ގެނެސްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުއެވެ. އެސްޓީއޯއިން މައުލޫމާތު ދެއްވި ގޮތުގައި ލަންކާއަށް ގެންގޮސް ބޯޓްގެ ބްރޭންޑިންގ މަސައްކަތްތައް ނިންމުމަށްފަހު މި ބޯޓު ބޭނުންކުރާނީ ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރުމަށެވެ. މި ބޯޓުގެ ފަޅުވެރީންގެ 99 އިންސައްތައަކީ ދިވެހީންނެވެ. އެސްޓީއޯއިންވަނީ އޮކްޓޯބަރުމަހުގެ ތެރޭގައި ބޯޓުގެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިއުލާނު ކުރައްވައިފައެވެ.

އެމްއެސްއެސްއިން މިފަހަރު ގެނެސްފައިވަނީ 680 ކޮންޓެއިނަރުގެ ބޯޓެކެވެ. އެމްއެސްއެސް އުފެދުނީއްސުރެ ލަންކާއާ މާލެއާ ދެމެދު ކުރަމުންދާ ދަތުރުތައް މެދުކެނޑުމެއްނެތި އެ ކުންފުނިން ކުރަމުންގެންދާ ކަމަށް ވެސް އެޓީއޯއިިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: