ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓް ބަހުސް އަންނަ މަހުގެ 8 ގައި ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގެ ބަހުސް މަރުހަލާ އަންނަ މަހުގެ 8 ވަނަ ދުވަހު ފަށުމަށް ތާވަލްކޮށްފިއެވެ.

މިއަދު ބޭއްވި ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަޖެޓު ހުށަހަޅުއްވާ ނިމުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް މެންބަރުންނާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން ބަޖެޓުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް މިއަދު ފަށާއިރު، ބަޖެޓް ދިރާސާ ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މަޖިލީހުގެ ތަޅުމުގައި ބަޖެޓުގެ ބަހުސް ފެށުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވުހުއެވެ. އަދި ކޮމެޓީން ބަޖެޓް ދިރާސާކޮށް، އަންނަ މަހުގެ 18 ވަނަ ދުވަހު ތަޅުމަށް ހުށަހެޅުމަށް ވަނީ މުއްދަތު ކަނޑައަޅާފައެވެ. ކޮމެޓީ ރިޕޯޓަށް 22 ވަނަ ދުވަހު ބަހުސް ފަށައި ޑިސެމްބަރުގެ ކުރިން ބަޖެޓް މަޖިލީހުން ފާސް ކުރުމަށް ވަނީ އަމާޒު ކަނޑައަޅާފައެވެ.

ބަޖެޓު ބަހުސްގައި މެންބަރުންނަށް ވަގުތު ދޭނެ ގޮތެއް ކަނޑައަޅާނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ. ކޮމިޓީގެ ބައްދަލުވުން އޮންނާނެ ދުވަހެއް މަޖިލީހުގެ އިދާރާ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: