ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ރީޖަނަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީ ހިތަދޫގައި ރީޖަނަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީޖހުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހި މުޖުތަމައުން އެކަހެރިވެފައިވާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށް އަންނަ އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަަށެވެ.

“މިގޮތުން ސ. ހިތަދޫގައި ރީޖަނަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރަން ބަޖެޓުގައި އަލަށް ހިމަނާފައިވާއިރު، ހުޅުމާލޭގައި ގާއިމުކުރާ ނެޝަނަލް ޑްރަގް އޭޖެންސީގެ ވެލްނަސް ސެންޓަރުގެ މަސައްކަތްވެސް ކުރިއަށްދާނެ.”މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ހޮސްޕިޓަލްތައް އަދި ހެލްތް ސެންޓަރުތައް އެޅުމަށް 448 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ. އެގޮތުން ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 53 މިލިއަން ރުފިޔާ އަދި ހަތަރު ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލް އަޅަން 60 މިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: