ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޕީގެ ހާއްސަ ޖަލްސާއެއް ކުޅުދުއްފުށީގައި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ނަސްރުގެ ދުވަހާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ހާއްސަ ޖަލްސާއެއް ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެންޕީން ބުނީ މި ޖަލްސާ އޮންނާނީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ކަމަށާއި ޖަލްސާ އެ ޕާޓީގެ ފެސްބުކް އަދި ޓްވިޓާ އެކައުންޓުން ލައިވް ކުރާނެ ކަމަށެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި 19 ދިވެހިންގެ ލޭ މި ފަސްގަނޑަށް އޮހުރުވައިލިއެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 ބޭކަލުންނާއި، އާންމުގެ 11 މީހުންނެވެ.

އެދުވަހު ތަމަޅައިންނާ އިދިކޮޅަށް ހަމަލާދީ އެމީހުންގެ ޕްލޭން ފެއިލްކޮށްލީ މިއަދު މުޅި ގައުމު ފަޚުރުވެރިވާ އަދި މިއަދުގެ ބަޠަލު ޝަހީދު ޙުސައިން އާދަމެވެ. އޭނާ އަކީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޒުވާނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: