ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި އުޅަނދުތަކުގައި ދަތުރުކުރާ ނަމަ ލައިފްޖެކެޓް އެޅުން މަޖުބޫރުކޮށްފި

މޫސުން ގޯސްވެފައިވަނިކޮށް ލޯންޗެއް ދަތުރު ކުރަމުންދަނީ: ފޮޓޯ ވީ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑު އުޅަނދު ފަހަރުގައި ދަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުން މަޖްބޫރުކޮށް، ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހުކޮށް ގެޒެޓްކޮށްފި އެވެ.

ޓްރާސްޕޯޓް އޮތޯރިޓީން ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއު ކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރުގައި، 4 ހާލަތެއްގައި ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމާއި، ލައިފްޖެކެޓް އަޅާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެއްކަމަށް ކަނޑައަޅާފައެވެ.

އެހާލަތްތަކުގެ ތެރޭގައި ހިމެނެނީ، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ދަތުރެއް ފެށުމުގެ ކުރިންނާއި، މޫސުމީ ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި ދަތުރުކުރާނަމަ އެ ސަރަޙައްދެއްގައި އެ ދަތުރެއް ފެށުމުގެ ކުރިން؛ އަދި މޫދު ކުޅިވަރަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރާއި މުނިފޫހިފިލުވުމަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދުއްވާނަމަ އެ ދަތުރެއް ފެށުމުކުރިންވެސް ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމެވެ. އަދި ލައިފްޖެކެޓް އަޅާނެ ގޮތުގެ މަޢުލޫމާތު ކެޕްޓަން ފޯރުކޮށްދޭންޖެހެއެވެ. މީގެ އިތުރުން އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ޚިދުމަތް ދިނުމަށާއި، މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭގޮތަށް ބަހައްޓަންޖެހޭއިރު، އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭންވާނެ ކަމަށް ޤަވާޢިދުގައިވަނީ ހިމަނާފައެވެ.

ޤަވާއިދަށް ގެނެސްފައިވާ އިސްލާޙުގައިވާގޮތުން ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނުވަތަ އެއްވެސް ޙާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނިކުންނަންޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެންނެވެ. އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރާއި، ދަތުރެއްގެ މަތީގައި ނަގިލި ލައިފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގައި ތިބޭ ފަސިންޖަރުންނާއި ފަޅުވެރިންނަށް ހުރިހާ ވަގުތެއްގައި ލައިފްޖެކެޓް ފަސޭހައިން ލިބޭނެގޮތަށް އުޅަނދުގައި ހަމަޖެހިފައި ހުންނަންވާނެ ކަމަށް މިޤަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރުމުގައި، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ބޭނުމެއްގައި ނުވަތަ އެއްވެސް ޙާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނިކުންނަން ޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެންން ކަމަށްވެސް ޤަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. ޤަވާއިދަށް އިތުރުކޮށްފައިވާ ބައިތަކުގެ ތެރޭގައި، މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމަށްވަނީ ހާމަކޮށްފައެވެ. ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަރޖެންސީ ދަތުރުތައް ކުރުމަށް މިހާލަތުގައި ހުރަސްނާޅައެވެ. އަދި ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި 9 މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަންވާނީ ފަސިންޖަރުންގެ އަތުގައިކަމަށް ބަޔާންކޮށް ޤަވާއިދަށްވަނީ މާއްދާއެއް އިތުރުކޮށްފައެވެ.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފު ވެއްޖެނަމަ، އެ އުޅަނދަކީ 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްނަމަ، އެ އުޅަނދުގެ އޮޕަރޭޓަރު 15000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުޅަނދު ދުއްވި ފަރާތުގެ މައްސަލަ ބެލުމަށްފަހު ލައިސަންސް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މަޢުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެއެވެ. އަދި ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި 9 މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް ފަސިންޖަރުންގެ އަތުގައި އޮންނަންޖެހޭ ގޮތަށް ގެނެސްފައިވާ އިސްލާޙާއި ޚިލާފުވާނަމަ އެ އުޅަނދުގެ އޮޕަރޭޓަރ 20000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 19%ހައިރާންވެއްޖެ 19%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: