ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަސްގަހާގެހި ކަނޑާ އިންދާ އުސޫލުން މީހުން އެއްރަށުން އަނެއް ރަށަށް ބަދަލުނުކުރެވޭނެ: މިނިސްޓަރ

މިނިސްޓަރ މުހައްމަދު އަސްލަމް މަޖިލީހަށް ހާޒިރުވެވަޑައިގެން ސުވާލުތަކަށް ޖަވާބުދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގަސްގަހާގެހި ކަނޑާ އުސޫލުން މީހުން އެއް ރަށުން އަނެއް ރަށަށް ބަދަލުނުކުރެވޭނެކަމަށް މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިނިސްޓަރ ހާޒިރުވެވެޑައިގަތުމުން އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ އެއްފަސްކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ވިސްނުމަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ. މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވަނީ އެއްފަސްކުރުމަކީ މިނިސްޓަރު ގެންގުޅުއްވާ ސިޔާސަތެއް ނޫންކަމަށާއި އެހެންކަމުން އެކަމަށް މަސައްކަތްވެސް ނުކުރާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައްޔިތުން ވިހާ، އުޅެ ބޮޑުވި ރަށުން ނަގައި އެހެން ރަށްތަކަށް ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ޓްރާންސްޕޯޓު ލިންކްއަކުން ގުޅާލައި، މުޅި ރާއްޖެ ހުޅުވާލުން ކަމަށެވެ.

ހުރިހާ ރަށެއްގައި ޕަބްލިކް އިންފްރާސްޓްރަކްޗަރ އެބައޮތްކަމަށާއި ސަރުކާރުގެ ރިޔާސީ ވައުދާއި އެއްގޮތަށް ހުރިހާ ރަށެއްގަ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށްގެންދެވޭ ކަމަށެވެ. ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށްގެންދިޔުމަށް މިހާރު ސޮއިނުކުރެވި އޮތީ މަދު ރަށެއްގެ މަޝްރޫއުތަކެއްގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން، މިހުރިހާ މަޝްރޫއުތަކެއް ހިންގުމަށްފަހު  ރަށްރަށުން މީހުން ބާލަންވީ އެއްވެސް ސަބަބެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މީގެ ދުވަސްތަކެއް ކުރިން އުކުޅަސް، މާފުށި  ފަދަ ރަށްރަށަކީ މާމުހިންމު ރަށްތަކެއް ނޫން. މިއަދު ބޮޑެތި އިގްތިސާދު އޮތް ރަށްތަކެއް މިރަށްތަކަކީ” މިނިސްޓަރ އަސްލަމް

މީގެ އިތުރަށް މިނސިްޓަރ ވިދާޅުވީ، އާބާދީ ވަރަށް ކުޑަ ރަށެއްގައި ސަރުކާރުން ހިންގާ މަޝްރޫއެއްގެ ސަބަބުން އެރަށަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެކަމަށެވެ. މިސާލެއްގެ ގޮތުގައި އއ. އުކުޅަށް އަދި ކ.މާފުށި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެފަދައިން، މާދަމާ ވ.ރަކީދޫއަކީވެސް އާބާދީގައި ފަންސާހަކަށް މީހުން ތިބިކަމުގައިވިޔަސް، ބޮޑު އިގްތިސާދަކަށް ވެދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީހުން ދިރިއުޅެމުންދާ ރަށްތަކުން މީހުން ބޭލުމަކީ، ރަށްތަކުގައި ކުރިއަށް ވާން އޮތް ކަންތައް ވިޔަނުދީ ކުރިމަރާލުމުގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. އެހެންްކަމުން ގަސްގަހާގެހި ކަނޑާ އެއް ރަށުން އަނެއް ރަށަށް ބަދަލުކުރާ އުސޫލުން މީހުން އެއްރަށުން އަނެއް ރަށަށް ބަދަލުނުކުރާނެ ކަމަށާއި އެސިޔާސަތަކީ މިނިސްޓަރ ގެންގުޅުއްވާނެ ސިޔާސަތެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސަރުކާރުން އެއްފަސްކުރުމުގެ ސިޔާސަތު ނުގެންގުޅޭނެކަން ހާމަކުރަމުން އަންނައިރު ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ސަރުކާރުންވެސް ފާހަގަކުރަނީ ލާމަރުކަޒުކުރުމުގެ ސިޔާސތު ތަންފީޒުކުރުމެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްފަސްކުރުމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބައެއް މަޝްރޫއުތައްވެސް އެއްފަސްކުރުމާއި ގުޅުވާލާފައިވެއެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔުމަށް ނިންމި އައި ހެވަން ޕްރޮޖެކްތްގެ މަޝްރޫއަކީ ސީދާ އެއްފަސްކުރުމާއި ގުޅިފައިވާ މަޝްރޫއެއްގެ ގޮތުގައި އޭރު ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: