ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމްގެ ރައްދު ރޮޒެއިނާއަށް: މައްސަލަތައް ހައްލުނުކުރައްވާ ރައީސް ދަތުރުކުރެއްވުމުން ފަހުރުވެރިއެއް ނުވޭ!

މެމްބަރު ޝިޔާމާއި ރޮޒެއިނާއާއި ދެމެދު ހޫނު ބަހުގެ ހަމާލަތަކެއް އަމާޒުކޮށްފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގައި ހުރި މައްސަލަތައް ހައްލުކުރެއްވުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އެކި ތަންތަނަށް ދަތުރުކުރައްވާ ވަކާލާތުކުރެއްވުމަކީ ފަހުރުވެރިވާންޖެހޭ ކަމެއްނޫންކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެމްބަރު ޝިޔާމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް އުޅުއްވަނި ދަތުރުތަކުގައި ކަމަށެވެ. ދައުލަތުގެ ބަޖެޓު އެއްކޮށް ހަރަދުކުރަމުންދަނީ ރައީސްގެ ދަތުރުފުޅުތަކަށް ކަމަށާއި ރައީސްގެ ހަނީމޫން އަދިވެސް ނުނިމޭކަމަށް ޝިޔާމް ވިދާޅުވިއެވެ. ޕެންޑަމިކަށްފަހު ބޯޑަރު ހުޅުވާލުމާއެކު ރައީސް ގައުމުގައި މަޑުނުކުރެއްވުމަކީ އެންމެ ބޮޑު ކަންބޮޑުވުމުގެ ގޮތުގައި ޝިޔާމް މީގެކުރިންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ، ޓްރާންސްޝިޕްމަންޓް ޕޯޓެއް ހެދުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދަން އުޅެމުން އެކަމާއި ދެކޮޅަށް މީގެ ކުރިން އިހުތިޖާޖުކޮށް މުޒާހަރާކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފާނެ ގައުމުތަކާއި ދެކޮޅަށް އިހްތިޖާޖުކޮށް ރާއްޖެއަށް ލިބެން އޮތް ރިޒްގެއްގައި އަތް އެޅުމަށް މަސައްކަތްކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެންނަމަވެސް، އިދިކޮޅު ކޯލިޝަނަކީ އެގޮތަށް މަސައްކަތްކުރާނެ ބައެއްނޫން ކަމަށާއި މިހާރުވެސް ރާއްޖޭގެ ދެރައީސުން ކޮޕް ސަމިޓަށް ވަޑައިގެން އެބަ ތިއްބެވިކަން ފާހަގަކުރެއްވިއެވެ. ކޮޕް ސަމިޓު ކުރިއަށްދާއިރު، ސަމިޓުގައި ރާއްޖޭގެ ލީޑަރުން ބައިވެރިވެވަޑައިގަތީ ތިމާވެށި ވިއްކައިގެން ލާރި ހޯދުމަށްކަމަށް ބުނަން ބޭނުންނުވާ ކަމަށާއި އެގޮތަށް އަޑުއުފުލުމަށް މަސައްކަތްވެސް ނުކުރާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވެރިކަމަށް އައުމަށްވީ ވައުދުތައް ނުފުއްދި ވައުދުތައް ފުނިޖެހިފައިވާކަމަށާއި، އެހެންނަމަވެސް ފެނިގެންދަނީ ބޯޑަރު ހުޅުވާލިފަހުން އެކި ފެއަރތަކަށް ރައީސް ވަޑައިގަންނަވާ މަންޒަރުކަމަށް ޝިޔާމް ވިދާޅުވިއެވެ. މިގޮތަށް ދިވެހި ރައްޔިތުންގެ ފައިސާއާއި ދައުލަތުގެ މާލިއްޔަތު ހުސްކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މެމްބަރު ޝިޔާމްގެ ވާހަކަ މެދުކަނޑާލައްވައި މެމްބަރު ރޮޒައިނާ އާދަމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުވެގެންދިޔައިރު އދގެ އެއްވެސް ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންފައިނުވުމަކީ ދިވެހިރާއްޖެއިން އެކަމާއި ފަހުރުވެރިވާ ކަމެއްނޫންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެކަމަކީ ދިވެހިން ހިތާމަކުރިކަމެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

“ކޮމަންވެލްތުން ކެނޑިގެން ދިޔުމަކީ ރާއްޖެއިން އެކަމާއި ހިތާމަކުރިކަމެއް. އަޅުގަނޑުމެން ފަހުރުވެރިވޭ މިކުޑަ ކުޑަ ގައުމުގެ ވާހަކަ ދައްކަން ބޭރު ބޮޑެތި ގައުމުތަކަށް ވަޑައިގެންނެވުމުން. އަޅުގަނޑުމެންގެ މަޖިލީހުގެ ރައީސް އެކަންކަމުގައި ބައިވެރިވުމުން ފަހުރުވެރިވޭ. އަޅުގަނޑުމެންނަށް މިލިބޭ އެހީތައް މިލިބެނީ އެތަންތަނަށް ގޮސް އަޅުގަނޑުމެން ދައްކާ ވާހަކައިން” ރޮޒައިނާ

މެމްބަރު ރޮޒައިނާ ވިދާޅުވީ މިސަރުކާރުން މަޝްރޫއުތައް ހިންގަމުންދަނީ ހަމައެކަނި އެންމެ ގައުމަކަށް ބުރަވެގެން ނޫންކަމަށެވެ.

ތިމާވެށްޓާއި ބެހޭ އެންމެ ބޮޑު ކޮންފެރެންސްގައި ރާއްޖެއިން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙާއެކު ވަފްދެއް މިހާރު ވަނީ ސްކޮޓްލެންޑަށް ވަޑައިގެންފައެވެ. ދާދިފަހުންވެސް ރައީސް ވަނީ ދުބާއީގައި އޮތް ދުބާއީ އެކްސްޕޯއަަށް ވަޑައިގެންފައެވެ. އަދި އޭގެ ކުރިން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ރަސްމީ ދަތުރުފުޅެއްގައި ވަނީ ވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: