ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު 3 ގައި ސިފައިންވި ގުރުބާނީގެ ވާހަކަ ކިޔައިދިނުމަކީ ވާޖިބެއް: މައުމޫން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. ފޮޓޯ: އެކްސެސް24
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 3، 1998 ގައި ސިފައިންވީ ގުރުބާނީގެ ވާހަކަ އަންނަން އޮތް ޖީލުތަކަށް ކިޔައިދިނުމަކީ ވާޖިބެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލައަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މިނިވަންކަމަށް ކުރިމަތިވި އެންމެބޮޑު ނުރައްކާ ކަމަށެވެ.

“އެހެންކަމުން އެދުވަހު މާތްﷲ ދެއްވި ނަޞްރަށް ޙަމްދުކޮށް ދިވެހި ރައްޔިތުންނާއި ސިފައިންވީ ޤުރްބާނީގެ ވާހަކަ އަންނަން އޮތްޖީލުތަކަށް ކިޔައިދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް” މައުމޫން ވިދާޅުވި އެވެ.

ތިނެއް ނޮވެމްބަރ 1988ގެ ފަތިހު ދިވެހިރާއްޖެއަށް ހިޔާނާތްތެރި ޚާއިނުންތަކެއް ވަނީ އަވަށްޓެރި ޝްރީލަންކާގެ ތަމަޅަ ބާޣީ ގުރޫޕެއް ކަމަށްވާ “ޕްލޯޓް”ގެ އެހީގައި  ރާއްޖެއަށް ހަމަލާދީ ދިވެހިރާއްޖޭގެ އަމަން އަމާންކަން ނިގުޅައިގަންނަން މަސައްކަތްކޮށްފައެވެ. މި ނުރައްކާތެރި ހަމަލާގައި، ބައެއް ކެބިނެޓް މިނިސްޓަރުންނާއި ސިފައިންގެ އިސް ވެރިން ވަނީ އަތުލައިގަނެ، ރަހީނުކޮށްފައެވެ. އަދި މި ހަމަލާގެ ތެރޭގައި މި ގައުމު ދިފާއުކުރުމަށްޓަކައި ސިފައިން ވަނީ ފަސްޖެހުމެއްނެތި ހިތްވަރާއެކު ބާޣީންނާއެކު ޖިހާދުކޮށްފައިވާއިރު މި ޖިހާދުގައި 08 ސިފައިންނާއި 11 ދިވެހި ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: