ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާލާގެ ބައެެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު 08:35 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފަށާފައިވާ ކަމަށެވެ.

ރާއްޖޭގެ މޫސުން މިއަދު ގޯސްވާނެކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ 8 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ރީނދޫ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 12:00 އާއި ހަމައަށެވެ. މިވަގުތު ތަކުގައި މިއަތޮޅުތަކަށް ބޯކޮށް ވާރޭ ބެހުމާއިއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަ ކުރާނެކަމަށް ލަފާކޮށް އިއްޔެ ނެރުނު ވައިޓް އެލާޓްވެސް ވަނީ ދަމަހައްޓާފައެވެ. އެގޮތުން މާލެއިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ނެރެފައިވާ ވައިޓް އެލާޓުގައި މިސަރަހައްދުތަކަށް ވާރޭވެހި 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: