ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތަކުން މިހާރު މިފެންނަނީ އަސްލަމްގެ އިހުމާލުތައް: ޑރ ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ ޑީޑި
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ މުހައްމަދު އަސްލަމްގެ ބެލުމުގެ ދަށުން ހިންގަމުންދާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް ނުކޮށް ބަހައްޓައި ފުނިޖެހި ހައްދުން ނައްޓައިފިކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ ޑީޑީ ވަނީ ސަރުކާރުގެ ވުޒާރާތަކާއި، ވުޒާރާތައް ހިންގަވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ހަވާލުކުރެވިފައިވާ މެންޑޭޓް ފުރިހަމައަށް އަދާކުރެވެމުން ނުދާ ކަމަށާއި، މީގެކުރިން އެކި ސަބަބުތަކުގައި މަގާމުން ދުރުކުރެވުނު ވަޒީރުންނެކޭ މިހާރު އަލަށް އައްޔަންކުރެވިފައިވާ ވަޒީރުންނާއި އެއްވެސް ތަފާތެއްނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމްގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާނުކުރެއްވޭކަން ފާހަގަކުރައްވަމުން ޑރ ޑީޑީ އެންމެ ފުރަތަމަވެސް އަލިއަޅުއްވާލެއްވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކަށެވެ. ހިޔާ ފްލެޓުގެ ކަންކަން ކޮންމެ ގޮތަކަށް ހުރިކަމުގައިވިޔަސް މިއަދު ވެރިކަމުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީން ނޫންކަމަށާއި ރައްޔިތުން އުފުލަމުންދާ ތަކުލީފުގެ ޒިންމާ މިއަދު ނަގަންޖެހޭނީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންކަމަށް ވިދާޅުވިއެވެ. ހިޔާ ފްލެޓުގައި ދިރިއުޅެމުންދާ ރައްޔިތުން އަނގައާއި އަތާއި ދިމާ ނުވާއިރު، ފިނިޝިން މަސައްކަތްތައް ނިންމުމަށް ދައުލަތުން އެއްވެސް އެހީތެރިކަން ފޯރުކޮށްނުދެވޭކަން ފާހަގަކުރެއްވިއެވެ.

“މިކިޔަނީ ސޯޝަލް ހައުސިންއޭ. އެބޭފުޅުން އެފާހަގަކުރައްވާ ފަދަ ބޮޑެތި، އަގުބޮޑެތި ތަންތަނެއް ނޫން ސޯޝަލް ހައުސިންގެ ގޮތުގައި ދޭނީ” ޑރ ޑީޑީ

ރައީސް ޔާމީން މަސައްކަތްކުރައްވާފައިވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް އެއްފަހަރާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ. އަދި މިހާރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ ފިނިޝިންގެ މަސައްކަތް ނިންމާފައިނުވުންކަމަށްވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި މިފްލެޓުތައް ހަވާލުކުރެވުނުނަމަ، ފިނިޝިން މަސައްކަތް ނުނިންމާ ހަވާލުކޮށްފާނެކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފިނިޝިން މަސައްކަތް ނިންމުމަށް ލޯނުތައްވެސް ހަމަޖެހިފައިވާކަމަށާއި އެލޯނު ކެންސަލްވީ ވެރިކަން ބަދަލުވުމާއެކު ދިމާވި ކަންތައްތަކެއްގެ ތެރެއިންކަން ހާމަވާކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިސަރުކާރުން ރައްޔިތުންނަށް ފިނިޝިން މަސައްކަތްތައް ނިންމުމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާނަމަ އެކަން ކޮށްދެވޭނެކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ. އެކަން ކުރާނެ ހިޔުމަން ރިސޯސްވެސް ރާއްޖޭގައި އެބަހުރިކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެކި ކުންފުނިތަކުގައި އެކަމަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އެބަހުރިކަމަށްވެސް ޑރ ޑީޑީ ވިދާޅުވިއެވެ. ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހު ފްލެޓުތައް ރައްޔިތުންނަށް ހަވާލުކުރެވޭނެ ކިތަންމެ ގޮތެއް އޮތްކަމަށާއި ބޭރު ގައުމަކުން ފިނިޝިންއަށް ބޭނުންވާ މުދާ ގެނެސްގެން އެކަން ކުރިނަމަ، އެޕާޓްމަންޓްއަކަށް އަރާނީ ގިނަވަގެން 15،000 ރުފިޔާކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ. އަދި މިކަން ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ނުވެ ސަލާމަތްވެވުނީސްކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

“މިއީ ހަމަ ސީދާ އަސްލަމްގެ އިހުމާލު! އަސްލަމްގެ ބެލުމުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާއިއެކު މިކަން ކުރަން މަސައްކަތްކުރިނަމަ މިކަން ކުރެވޭނެ ނޫންތޯ؟ ކީއްވެތޯ ނުކުރެވެންވީ؟” ޑރ ޑީޑީ

މީގެ އިތުރުން، ޑރ ޑީޑީ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމެއްގައި މިކަންކަން ކުރަން ފުރުސަތު ލިބުނުނަމަ، މިކަން ކުރެވޭނެކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް ކަންތައްތަކެއް ހުރިކަމަށާއި އެހެންނަމަވެސް، އަޅާ ކިޔާއިރު މިވެރިކަމުގައި ހުރި ދޯދިޔާ ކަންކަން މާގިނަކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ރައީސް ޔާމީންގެ ވެރިކަމުގައި ކުރައްވާފައިވާ ރަނގަޅު ކަންކަން މާގިނަކަމަށް ފާހަގަކުރެވޭކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

ޑރ ޑީޑީވަނީ ރައީސް ނަޝީދުގެ ސަރުކާރަށާއި މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. ޚާއްސަކޮށް މިނިސްޓްރީތައް ހިންގުމާއި ހަވާލުވެ ތިއްބަވާ ވަޒީރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ޑރ ޑީޑީ ވަނީ އަމާޒުކުރައްވާފައެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 46%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: