ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މަތިވެރިން މީހަކު ރަހީނުކުރާނީ ކިހިނެތް؟ މިހުރީ ފެރިދޫގައި”

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް އަރާ މީހަކު ރަހީނުކުރި ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

ޖާބިރު މިހެން ވިދާޅުވީ މަތިވެރިއަށް އަރާ މީހަކު ރަހީނު ކޮށްފި ކަމަށް އެރަށު ކައުންސިލުގެ ރައީސް އަހުމަދު އަސްލަމްއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ޖާބިރު ގްރޫޕެއް ގޮވައިގެން އެރަށުގައި އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި މިހާދިސާގައި ރަހީނު ކޮށްފައިވަނީ ޖާބިރުގެ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރި ކުއްޖެއްގެ ބައްޕަ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޖާބިރު “ސަންގަށް” ވިދާޅުވީ އަސްލަމް އެ ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި އޭނާ މިވަގުތު ހުންނެވީ އއ. ފެރިދޫގައި ކަމަށެވެ.

”މަތިވެރިން އަޅުގަނޑު މީހަކު ރަހީނު ކުރާނީ ކިހިނެތް. އަޅުގަނޑު މިވަގުތު މިހުރީ ފެރިދޫގައި. މާދަމާ މަތިވެރިއަށް ދާނީ. ދެން ކިހިނެތްތޯ އަޅުގަނޑު މީހަކު ރަހީނު ކުރާނީ.” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އޭނާ މީހަކު ރަހީނުކުރި ވާހަކަ ފެނުނީ ހަބަރުން ކަމަށާއި އެފަދަކަމެއް ކުރިނަމަ އޭނާގެ ސެކިއުރިޓީންނަށް ވެސް އެނގޭނެ ކަމަަށެވެ.

ޖާބިރު އިތުރަށް ވިދާޅުވީ އަސްލަމް އެފަދަ ވާހަކައެއް ފަތުރަނީ ޒާތީ ވެގެން ކަމަށާއި އެރަށުގައި ޖާބިރު ވިޔަފާރި ހަލާކުކޮށްލުމަށް ކަމަށެވެ.

ޖާބިރު، މީގެ ކުރިން މަތިވެރި އަށް ވަޑައިގަތުމުން އެ ރަށުގެ މީހުން ވަނީ މުޒާހަރާކޮށް ޖާބިރު އެ ރަށުން ބޭލުމަށް ގޮވާލައިފަ އެވެ. މަތިވެރީގެ މީހުން މުޒާހަރާކުރަން ފެށުމުން އެ ރޭ ފުލުހުން ވަނީ ޖާބިރު އަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މަސްލަހަތަށް ބެލުމަށް ފަހު، ފުލުހުން ޖާބިރު އެ ރަށުން ބޭލީ އެރޭގެ ދަންވަރުގެ ވަގުތެއްގަ އެެވެ.

މަތިވެރީގެ މީހުން ޖާބިރާ ދެކޮޅަށް މުޒާހަރާކުރީ އޭނާ އެ ރަށުން ބައްލަވައިގެންފައިވާ ބިން ތަކަކަށް ފައިސާ ނުދައްކަވައި އަދި މީހުން ލައްވައި މައްސައްކަތް ކުރުވުމަށް ފަހު އުޖޫރު ނުދޭ މައްސަލަތަކެއްގަ އެވެ.

ގެސްޓް ހައުސް ހިންގުމަށް މަތިވެރި ކައުންސިލުން ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ދެ ބިމެއް ޖާބިރު ބައްލަވައިގެންފައިވާއިރު، އެއީ މީގެ ކުރިން އެހެން ފަރާތަކަށް 10 އަހަރަށް ކުށްޔަށް ދޫކޮށްފައި އޮތް ބިމެކެވެ.

ވަރަށް ގަދަ
28%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 24%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 0%ވަރަށް ދެރަ 35%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: