ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނގަޅު ތަހުގީގެއް ނުކުރެވޭނަމަ އާދައިގެ ދިރިއުޅުމެއް އުޅެން އުނދަގޫވާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ރަނގަޅު، ފުރިހަމަ ތަހުގީގެއް ނުކުރެވޭނަމަ އާންމު، އާދައިގެ ދިރިއުޅުން އުޅުމަށް އުނދަގޫވާނެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ޑިމޮކްރަސީ ނައުއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، 12 މީހަކަށް ދައުވާކުރުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި 12 މީހުންނާއި މިހަމަލާއާއި ގުޅިފައިވަނީ ހަރުކަށި ފިކުރުތަކާއިކަމަށް ފުލުުހުން ހާމަކުރައްވާފައިވާ ކަމަށާއި އެހެންނަމަވެސް މައްސަލައަށް ފަންޑުކުރި އަދި މައްސަލައިގައި އެންމެ އަޑީގައި ތިބި ބަޔަކު މިހާތަނަށް ކުރެވުނު ތަހުގީގަށް ފެނިފައިނުވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މައްސަލައިގެ އެންމެ އަޑީގައި ތިބި ބަޔަކު ނުހޯދޭ ކަމުގައިވާނަމަ، އާންމު ދިރިއުޅުމެއް އުޅުމަށް އުނދަގޫވާނެ ކަމަށެވެ. އަދި އެމަނިކުފާނު އަވާހަރަކޮށްލުމަށް މަސައްކަތްކުރީ ކާކުކަން ނުވަތަ ކީއްވެކަން ސާފުނުވާހާ ހިނދަކު އެސުވާލު އުފެދޭނެ ކަމަށެވެ. އެކަން ސާފުކުރުމަށް މިހާރަށްވުރެ ފުނަށް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ޖެހޭނެކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެވަރުގެ ބޮޑު ތަހުގީގެއް މިހާތަނަށް އައިއިރު ކުރެވިފައިނުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އުޅުއްވަން ބޭނުންވަނީ ދިވެހިރާއްޖޭގައިކަމަށް ވިދާޅުވެފައެވެ. މިއީ ނުރައްކާތެރިކަމެއްކަން އެނގޭ ކަމަށާއި އެހެންނަމަވެސް، ގައުމު ދެކެ ވަރަށް ލޯބިވާކަމަށާއި އަދި ރާއްޖެ ނޫން އެހެން ތަނެއްގައި އުޅުއްވަން ބޭނުންފުޅުވެސް ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގައި ހުންނަވާ އިންސާނީ ހައްގުތަކަށާއި ޑިމޮކްރަސީއަށް ވަކާލާތުކުރައްވަން ބޭނުންފުޅުވާ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަވާ އަޑުއުފުލަން ބޭނުންވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިވަގުތުވެސް ސިއްހީ ހާލަތު އެންމެ ރަނގަޅު ނޫންކަމަށާއި، ހަށިކޮޅުގެ ވައަތްފަރާތުގައި ގިނަ އަދަދެއްގެ ޒަހަމްތަކާއި ލަކުނުތައް އެބަހުރިކަމަށް ވިދާޅުވިއެވެ. ބައެއް އިނގިލިތަކުގައި އައްސިކަމެއް ހުންނަކަމަށާއި އެހެންނަމަވެސް ކަސްރަތުކުރައްވާ އުޅެވޭކަމަށް ވިދާޅުވިއެވެ. އަދި އާންމުކޮށް ކުރައްވާ ހުރިހާ ކަމެއް މިހާރު ކުރެއްވޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މެއި މަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށްފަހު ރައީސް ނަޝީދު ގިނަ ދުވަސްތަކެއް ވަންދެެން ރާއްޖެއިން ބޭރުގައި ހުންނެވިއެވެ. އެއަށްފަހު އޮކްޓޫބަރު 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވުމަށްފަހު މިވަގުތު ހުންނެވީ ކޮޕް 26 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލެންޑްގައެވެ. ރާއްޖެއަށް ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ހުންނެވީ ދައުލަތުގެ ހަރަދުގައި ހޮޓެލް ޖެންގައެވެ. ހަމަލާއަށްފަހު ދައުލަތުން ރައީސް ނަޝީދަށް ފޯރުކޮށްދޭ ސެކިޔުރިޓީ ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެ އިމާރާތެއްގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ރައީސް ނަޝީދަށް ހަމަޖައްސައިދޭ ގެކޮޅު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ. އެތަނުގައި ގެކޮޅު އިމާރާތްކުރެވެންދެން، ރައީސް ނަޝީދު ދިރިއުޅުއްވާނީ މުރައިދޫގޭގައެވެ. ރައީސް ނަޝީދު ހޮޓެލް ޖެންގައި ހުންނެވީ މުރައިދޫގޭގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަމުންދާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: