ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ކަމެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރަން ނިންމީ ކުރީ ސަރުކާރުން: ސީއެސްސީ

ސިވިލް ސާވިސް މުވައްޒަފުންތަކެއް މަސައްކަތުގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރެވޭ ގޮތަށް އިސްލާހު ގެނައީ މިދިޔަ ސަރުކާރުގައި ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ހަރަކާތުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވލް ސާވިސްގެ ގަވާއިދު އިސްލާހުކޮށް ގެޒެޓްކޮށްފައި ވަނީ އިއްޔެ އެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެ ކޮމިޝަނުން ނޫސްވެރިންގެ މައުލޫމާތަށް ކަމަށް ބުނެ އާންމު ކުރި މައުލޫމާތުގައި ބުނެފައިވަނީ ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތްތަކުގައި ސިވިލްސާވަންޓުން ބައިވެެރިވުމަކީ ކުށެއް ކަމުގައި ކަނޑައެޅީ ސިވިލްސާވިސް ގަވާއިދަށް ނޮވެމްބަރު 4، 2021 ގައި ގެނެވުނު 8 ވަނަ އިސްލާހާއި ގުޅިގެންނެއް ނޫން ކަަމަށެވެ.

އަދި ރަސްމީ މަސައްކަތު ގަޑީގެ ބޭރުން ވެސް ސިޔާސީ ކަމެއްގައި ބައިވެރިވުން މަނާ ކުރީ ސިވިލް ސާވިސްގެ ގާނޫނަށް 2015 ވަނަ ގެނެވުމުގެ އިސްލާހެއްގެ ދަށުން އެ އަހަރު އިސްލާހު ކުރި ގަވާއިދުގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ހިމެނެ އެވެ، އަދި މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް ވަނީ ވަޒީފާ އިން ވަކިކުރެވިދާނެ ކުށްތަކުގެ ތެރޭގައި ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: