ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތްދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ހިދުމަތްދޭން ފަށައިފިއެވެ.

ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

އެ ރަސްމިއްޔާތު ފެށުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރުގެ ޑެޕިއުޓީ އެއްގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލްމަރުހޫމް އިސްމާޢީލް ނަދީމްގެ ހަނދާނުގައި އެއް މިނެޓުގެ ހަމަހިމޭން ވަގުތުކޮޅެއް ގެނެސްފައިވެއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، 2021 ވަނަ އަހަރާ ހަމައަށް އައި އިރު ކުށްތައް ހިނގުމުގެ ނިޒާމާއި އުސޫލުތަކަށް ބަލާއިރު ރާއްޖެ މިއޮތީ އަދިވެސް ރައްކާތެރިކޮށް ސަލާމަތްތެރިކޮށްކަމުގައި ވިދާޅުވިއެވެ. އަދި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަށްވެސް ބަދަލުތަކެއް އަންނަމުންދާ ކަމާއި ހާއްސަކޮށް މަސްތުވާތަކެއްޗާއި އެ ތަކެތީގެ ނަތީޖާއެއްގެ ގޮތުން ދެން އުފެދިގެންދާ އެހެނިހެން ކަންކަން ފެތުރިގެން ދިއުން އެއީ މިއަދު އެންމެންނަށްވެސް އެންމެ ތަކުލީފު ބޮޑުވެފައިވާ ކަންތައްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގައި ފުލުހުން ގާއިމުކުރުން އެއީ އެފަދަ ކަންކަމުން އަރައިގަތުމަށް ރައްޔިތުން ބޭނުންވާނެ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ފުލުހުންގެ ލީޑަރޝިޕުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމާ، އެގޮތުން ރައްޔިތުންނާ ގާތުން ރައްޔިތުންނާ ގުޅިގެން އެކުވެރިކޮށް މަސައްކަތްކުރުމުގެ ވިސްނުމުގައި ފުލުހުން މަސައްކަތްކުރަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަވައްޓެރި ފުލުހުންގެ ފަލްސަފާއަކީ އޭގެ ތެރެއިން، ރައްޔިތުންނާ ކޮންމެ ދުވަހަކު ދިމާވާ ކަންކަން ރައްޔިތުންނާ އެކުގައި ތިބެގެން މަޝްވަރާ ކުރެވިގެން، ހާއްސަކޮށް މުއައްސަސާތަކާ އެކުގައި ވަކިކަހަލަ ޓީމްތަކާއި ގުރޫޕުތައް ހެދިގެން ދެވިގެންދާނެ ހިދުމަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 75%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: