ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޯނިއާ ފްލައިޓް ދުއްވުމުގައި ދިވެހި ސިފައިން ހަރަކާތްތެރިވާން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޕައިލެޓުންނަށް ލިބިއްޖެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބޯޓު ދުއްވުމުގައި ހަރަކާތްތެރިވާން ފެށި ފްލައިޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީއަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

ޝަމާލް މިއަދު ވިދާޅުވީ ދިވެހި ސިފައިން ޕައިލެޓުންނަށް މިލިޓަރީ ޑޯނިއާ ދުއްވުމަށް މިއަދު ލިބުނު ހުއްދައަކީ ތާރީހީ ޝަރަފެއް ކަމަށެވެ. މި އޮފިސަރުން ތަމްރީނުކޮށްދިން އިންޑީއާގެ ސިފައިންނަަށް ޝަމާލް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ބަދަލުކުރެވުނު ލެޓާ އޮފް އެކްސްޗޭންޖްގެ ދަށުން ދިވެހި ޕައިލެޓުންނަށް އެއާކްރާފްޓް ދުއްވޭގޮތަށް އިންޑީއާ އާއި އެކީ ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް މިހާތަނަށް ހަތަރު އޮފިސަރަކު ކޯސް ފުރިހަމަ ކޮށްފައިވީނަމަވެސް ބޯޓު ދުއްވުމުގެ ހުއްދަ ދީފައިވަނީ ދެ އޮފިސަރަކަށް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: