ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީސީއޭ އާއި ރާއްޖެއާ މެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ އަދި ޕެޓްރިކް ވާރކުއިޖެން އެއްބަސްވުުގައި ސޮއިކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހާނުވައި، އެކަމުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން (ޖީސީއޭ) އާ ރާއްޖެއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގްލާސްގޯގައި ކުރިއަށް ހިނގަމުންދާ ކޮޕް 26 ގެ ޖަލްސާގެ ހަވާސާގައި މި އެއްބަސވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި ޖީސީއޭގެ ފަރާތުން ސޮއި ކުރީ ޖީސީއޭ ގެ ސީއީއޯ ޕެޓްރިކް ވާރކޫއިޖެން އެވެ.

މި އެއްބަސްވުމުގެ ދަށުން، ޖީސީ.އޭ މެދުވެރިކޮށް ފައިސާ ހޯދައި މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުމަށް 200 މިލިއަން ޔޫއެސް ޑޮލަރު ގެ މަޝްރޫއު އެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ ފަރާތުން ޕެރިސް އެގްރިމެންޓަށް ހުށަހެޅި ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) ގައި ހިމެނޭ އެޑެޕްޓޭޝަން ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތު ކުރުމުގައި ރާއްޖެ އިސް ދައުރެއް އަދާކުރުމަށް ކްލައިމެޓް ވަލްނަރަބްލް ފޯރަމް އަދި ވީ20 މެދުވެރިކޮށް ކުރާ މަސައްކަތްތަކަށް އެހީވުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި އެއްބަސްވުމުގައި ޖީސީއޭއިން ރާއްޖެއަށް އެހީފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި، ފެނުގެ ވަސީލަތްތަކަށާއި، ރާއްޖޭގެ ރަށްރަށަށް ކުރާނެނޭދެވޭ އަސަރުތައް ކުޑަކުރުމާއި، މި ކަންކަމަށް ބޭނުންވާ މާލީ އެހީ ހޯދުން ހިމެނެއެވެ.

ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ގައުމުތައް ހޭނުވުމަށް 2018 ވަނަ އަހަރު ނެދަލޭންޑްސް ގެ ރޮޓަރޑޭމްގައި އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާއަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: