ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބިގަތުމަކީ މުހިންމު ކަމެއް: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމުގެ އެންމެ ފުރިހަމަ ސިފަތައް ލިބިގެންވާ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޖުމްހޫރީ ވެރިކަމުގެ ނިޒާމުގެ ތެރެއިން ލާމަރުކަޒީ އުސޫލުތައް ދިވެހިރާއްޖޭގައި ޤާއިމް ކުރުރެވި ރަށްރަށާއި އަތޮޅުތަކުގެ ހިންގުން ހަރުދަނާ ކުރެވި ރައްޔިތުންނަށް އެބައިމީހުންގެ ކަންކަން ގާތުން ފަސޭހައިން ކުރުމަށް ލާމަރުކަޒީ ނިޒާމުގެ ސިފަތައް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ މަސައްކަތަކީ ޖުމްހޫރީ ނިޒާމެއް ފުރިހަމަ ވެގެން ދިއުމަށް ވަރަށް ކަމެއް ކަމަށެވެ.

އަދި ޖުމްހޫރީ ނިޒާމުގެ ފަހިކަމާއި ފުރިހަމަކަން ލިބުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ އެންމެ ފުރިހަމަ ސިފަތައް ލިބިގެންވާ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ މި ނިޒާމުގެ ތެރެއިން ހޯދެންހުރި ހުރިހާ މުހިންމު ސިފަތައް ހޯދުމަށްޓަކައި ސަރުކާރާ ރައްޔިތުންނާއެކު ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޖުމްހޫރީ ވެރިކަމުގެ ތާރީޚަށް އަލިއަޅުއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ޖުމްހޫރީ ވެރިކަމަށް ބަދަލުވެގެން ދިޔަ ދިއުމަކީ ދިވެހިންގެ ހޭލުންތެރިކަމާއި ވިސްނުމާއި ކުރިއެރުން ބަދަލުވެގެން އައި މިންވަރު ވަރަށް ރީތިކޮށް ރަމްޒު ކޮށްދިން ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: